ޓެކްނިކަލް މައްސަލައެއްގައި މޯލްޑިވިއަންގެ ފްލައިޓެއް އެމަޖެންސީގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސައިފިއެވެ.
އެނގިފައިވާ ގޮތުގައި އެ ފްލައިޓް އެމަޖެންސީގައި ޖެއްސީ ނޯސް ލޭންޑިން ގިއަރުގައި މައްސަލައެއް ޖެހިގެންނެވެ.
ފްލައިޓަށް ޓެކްނިކަލް މައްސަލަ ދިމާވެގެން އެމަޖެންސީ ޕްރޮސީޖާތައް ފުރިހަމަ ކުރުމަށްފަހު ފްލައިޓް ޖައްސާފައި ވަނީ ގިނަ އިރުތަކެއް ފަހުންނެވެ.
One of our Dash8 aircraft experience mechanical malfunction, crew carried out alternate procedure with successful outcome, Aircraft has just landed in Gan.
— Maldivian (@MaldivianAero) March 12, 2019
މި ހާދިސާގައި ރައްކާތެރިކަމާއެކު ފްލައިޓް ރަންވޭގައި ޖައްސާފައިވާއިރު، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މޯލްޑިވިއަންއިން ވިދާޅުވީ، މާލެއިން ގަމަށް ދަތުރުކުރި ފްލައިޓް Q2-118 އަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، އެއް ގަޑިއިރާ 20 މިނެޓް ފްލައިޓް ނުޖެއްސި ހޭދަވި ކަމަށެވެ.
12:21 ގައި ޖައްސަން ޝެޑިއުލް ކޮށްފައިވާ އެ ފްލައިޓް ފްލައިޓް އެމަޖެންސީގައި ކާމިޔާބު ކަމާއެކު ޖެއްސީ 1:37ގައި ކަމަށްވެސް މޯލްޑިވިއަންއިން ބުނެފައިވެއެވެ.