ގިނަ ބަޔެއްގެ މަޤުބޫލުކަން ހޯދައިފައިވާ ބިރުވެރި ފިލްމް "ކޮންޖިއުރިން" ސިލްސިލާގެ 3 ވަނަ ބައިގެ ޕްރޮޑިކްޝަންގެ މަސައްކަތް މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ފަށާނެކަމަށް ފިލްމްގެ ޓީމުން ހާމަކޮށްފިއެވެ.
2013 ވަނަ އަހަރު ރިލީޒް ކުރި "ކޮންޖިއުރިން" ސިލްސިލާގެ ފުރަތަމަ ބަޔަށް ލިބުނު ބޮޑު ތަރުހީބާއެކު، އޭގެ 3 އަހަރު ފަހުން ނެރުނު ފިލްމުގެ ދެވަނަ ބައިވެސް ވަނީ ބެލުންތެރިންގެ މެދުގައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.
"ކޮންޖިއުރިން" ގެ ކާމިޔާބީއަށްފަހު، މި ފިލްމުގެ ތެރެއިން ކުރިފަޅައިގެން އޭގެ އެއް އަހަރު ފަހުން ނެރުނު "އެނަބެއްލޭ" ގެ ފުރަތަމަ ބަޔަށްވެސް ވަނީ ބޮޑު ފޭން ބޭސް އެއްލިބިފައެވެ. އަދި "އެނަބެއްލޭ" ސިލްސިލާގެ 2 ވަނަ ބައި 2018 ވަނަ އަހަރު ރިލީސްކޮށްފައިވާއިރު، އެ ފިލްމަކީ އެ އަހަރު ނެރުނު އެންމެ ކާމިޔާބު ބިރުވެރި ފިލްމެވެ.
"ކޮންޖިއުރިން" އަދި "އެނަބެއްލޭ" ގައި ހިނގާ ހާދިސާތައް ދެ ފިލްމައި ގުޅިފައިވުމަކީ ދެ ފިލްމުވެސް ހިޓް އަކަށް ވުމުގެ އެންމެ ބޮޑު އެއްސަބަބެވެ. އަދި ދެ ފިލްމުގެ ދެމެދުގައި ވާ ގުޅުން އެހާ ފުރިހަމަކޮށް ގެނެސްދީފައިވާއިރު، ކޮންޖިއުރިންގެ 3 ވަނަ ބައިގެ ޕްރޮޑަކްޝަން މަސައްކަތް ފަށާފައިވާއިރު، އެނެބެއްލޭގެ 3 ވަނަ ބައި ނެރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހުއެވެ.
11 ސެޕްޓެމްބަރ 2020 ގައި "ކޮންޖިއުރިން" ގެ 3 ވަނަ ބައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު، "އެނަބެއްލޭ" ގެ 3 ވަނަ ބައިގެ ފަހުން އެހާ ގިނަދުވަސްކޮށްފައި "ކޮންޖިއުރިން" ގެ 3 ވަނަ ބައި ނެރުމަށް ޝެޑިއުލް ކޮށްފައިވުމަކީ މީގެ ފަހަތުގެ ވަރަށް ބޮޑު ސިއްރެއް ވާނެ ކަމެކެވެ.
"ކޮންޖިއުރިން" ސިލްސިލާގެ ހުރިހާ ވާހަކަތަކެއްވެސް ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްފައިވާއިރު، ފިލްމުގެ ހުރިހާ ބަޔަކުންވެސް ފެނިގެން ގޮސްފައިވާ "އެޑް" އަދި "ލޮރެއިން" އަކީ ވެސް ހަގީގީ ދެމީހުންގެ ދިރިއުޅުމުގެ މައްޗަށް ހަދާއިފައިވާ ކެރެކްޓަރ ތެކެކެވެ.
"ކޮންޖިއުރިން" ފިލްމްގެ ތެރެއިން 2018 ވަނަ އަހަރު ރިލީޒް ކުރި "ދަ ނަން" އަކީ ވެސް "ކޮންޖިއުރިން"ގެ ފުރަތަމަ ބަޔާ ގުޅިފައިވާ ފިލްމެކެވެ.
"ކޮންޖިއުރިން" ގެ ގިނަ ފޭނުންތަކައް ދިވެހިންތެރޭގައިވެސް އުޅޭއިރު، މި ސިލްސިލާގެ 3 ވަނަ ބަޔަށް 2020 ވަނަ އަހަރަށް އިންތިޒާރު ކޮށްލާށެވެ.!