ވައިކަރަދޫ ދާއިރާއަށް އަދާލަތުން ވާދަކުރާ ޘަޤީފް އަދި ޝެއިޚް އިމްރާން - ފޮޓޯ: އޭޕީ

ސީޕީއަކަށް ހަމީދު އައްޔަނުކުރުމަކީ ފުލުހުންގެ މަސައްކަތަށް އެޅުނު މުހިންމު ފިޔަވަޅެއް - އިމްރާން

މުހައްމަދު ހަމީދު (އެމްސީ ހަމީދު) ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަނު ކުރެވިގެން ދިއުމަކީ ފުލުހުންގެ މަސައްކަތަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ހޯމް މިނިސްޓަރ ޝެއިޙް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްސީ ހަމީދު އެ މަގާމް ހަމަޖެއްސުމާއި ގުޅިގެން ކުރި ޓްވީޓެއްގައި އިމްރާން ވިދާޅުވި، އެމްސީ ހަމީދު އެ މަގާމަށް އައްޔަންވެގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި، އެބޭފުޅާއަކީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ޤާބިލު ބޭފުޅެއް ކަމަށެވެ.

"މިހާތަނަށް އެކްޓިންގ ސީޕީގެ މަގާމްގައި ހުންނެވި ހަމީދުއަކީ ސީޕީގެ މަގާމަށް ވަރަށް ގާބިލް ބޭފުޅެއް. މިއީ ޕޮލިސް ސާވިސްގެ މަސައްކަރް އިތުރަށް ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް". އިމްރާން ވިދާޅުވިއެވެ.

ޙަމީދު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ޢައްޔަން ކުރައްވައި، އެކަމުގެ ލިޔުން ޙަވާލުކުރައްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ހަމީދަކީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު އަދާކުރައްވާ ހަތްވަނަ ބޭފުޅާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ