ތިނަދޫގައި އަލިފާން ރޯވެ އަނދަމުންދަނީ

ގދ. ތިނަދޫގައި ވަލުތެރޭގައި އަލިފާން ރޯވެ އަނދަމުންދާ ކަމުގައި އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

ރޯވެފައިވަނީ ގދ. ތިނަދޫ ދަނޑުކޮނޑޭ އަވަށުގެ ވަލުތެރޭގައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ގދ. ތިނަދޫ، ދަނޑު ކޮނޑޭއަވަށު ވަލުތެރޭގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ސައުތު އޭރިޔާ ތިނަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރި ވަމުންދާކަށެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު 13:57 އެހާކަން ހާއިރު ކަމަށްވެސް އެންއެންޑީއެފް އިން ވިދަޅުވެފައިވެއެވެ.

ފޮޓޯ އިން ފެންނަ ގޮތުގައި ރޯވެފައިވަނީ ވިނަ އާއި ކުދި ގަސްތަކެއް ހުރި ސަރަހައްދެއްގައެވެ. އަދި ކޮންމެވެސް ވަރަކަށް ރުއްވެސް އެ ސަރަހައްދުގައި ހުރިކަން ފާހަގަ ވެއެވެ. އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަމުންދާއިރު އަދިވެސް ކޮންމެވެސް ވަރަކަށް އަލިފާނުގެ އަސަރު އެ ސަރަހައްދުގައި އެބަހުއްޓެވެ. އަދި އެ ސަރަހައްދުން ދަނީ ދުން އަރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

2 Responses

  1. Nana

    Kaleymn nooneyvaa suruhee liyan molhu….. ?

  2. walI

    foTO kobA

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ