ޒެލެންސްކީ - ފޮޓޯ: ބީބީސީ

ޔޫކްރެއިންގެ ރިޔާސީ އިންތިހާބު ޒެލެންސްކީ ކާމިޔާބު ކޮށްފި

ޔޫކްރެއިންގެ ރިޔާސީ އިންތިހާބު ބޮޑުތަފާތަކުން ވޮލޮޑްމިއާ ޒެލެންސްކީ ކާމިޔާބު ކޮށްފިއެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ޒެލެންސްކީ އިންތިހާބު ކާމިޔާބު ކޮއްފައިވަނީ 73 ޕަސެންޓް ވޯޓް ހޯއްދަވައިގެންނެވެ. ޒެލެންސްކީ އާއި އެންމެ ގާތުން ވާދަކުރެއްވި ޔޫކްރެއިންގެ މިހާރުގެ ރައީސް ޕެޓްރޯ ޕްރޮޝެންކޯއަށް ލިބުނީ 24 ޕަސެންޓު ވޯޓެވެ.

ޕްރޮޝެންކޯ މިހާރުވަނީ އިންތިހާބުގެ ބަލި ގަބޫލު ކުރައްވައިފައެވެ. އިންތިހާބުގެ ބަލި ގަބޫލުކުރައްވާ ޕްރޮޝެންކޯ ދެއްކެވި ވާހަކައިގައި ވިދާޅުވެފައިވަނީ، އިންތިހާބުގެ ބަލި ގަބޫލު ކުރައްވާ ކަމަށާއި ސިޔާސީ ދާއިރާއިން އެއްފަރާތްވާން ނުވިސްނާ ކަމަށެވެ. އަދި އިންތިހާބު ކާމިޔާބުކުރި ޒެލެންސްކީ އަކީ ތަޖުރިބާމަދު ލީޑަރެއް ކަމަށެވެ.

ޒެލެންސްކީ ސިޔާސީ ހަޔާތް ފެއްޓެވުމުގެ ކުރިން މަޝޫރުވެފައިވަނީ ކޮމެޑިއަނެއްގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ