ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާންމަހު ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ޚިދުމަތްދޭ ގަޑިތައް އެ ކުންފުނިން ހާމަކޮށްފިއެވެ.
މޯލްޑިވިއަން އިން ދާދި ދެންމެ ވިދާޅުވީ، ރަމަޟާންމަހު ހުކުރު ދުވަސް ފިޔަވާ އެހެން ހުރިހާ ދުވަހަކުވެސް އެ އެއާލައިނުގެ ޓިކެޓް އޮފީސްތައް ހުޅުވިފައި ހުންނާނީ، ހެނދުނު 09:00 އިން މެންދުރުފަހު 02:00 އަށް ކަމަށާއި، ހުކުރު ދުވަހު ޓިކެޓް އޮފީސްތައް ބަންދުވާނެ ކަމަށެވެ.
ރަމަޟާން މަހު ހުކުރު ދުވަސް ފިޔަވާ އެހެން ހުރިހާ ދުވަހެއްގައިވެސް މޯލްޑިވިއަންގެ ކޯލް ސެންޓަރުތައް ހުޅުވިފައި ހުންނާނީ، ހެނދުނު 09:00 އިން ހަވީރު 05:00 އަށް އަދި ރޭގަނޑު 08:00 އިިން ދަންވަރު 12:00 އަށް ކަމަށާއި، ހުކުރު ދުވަހު ރޭގަނޑު 08:00 އިން ދަނަވަރު 12:00 އަށް ކަމަށްވެސް މޯލްޑިވިއަން އިން ވިދާޅުވިއެވެ.
— Maldivian (@MaldivianAero) May 2, 2019
މީގެ އިތުރުން ރަމަޟާން މަހަށް ތައްޔާރުވުމަށް ފުރުޞަތު ދިނުމުގެ ގޮތުން ބަންދުކޮށްފައިވާ، މެއި 5 ވަނަ ދުވަހު މޯލްޑިވިއަންގެ ޓިކެޓް އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 09:00 އިން މެންދުރުފަހު 02:00 އަށް ކަމަށްވެސް މޯލްޑިވިއަން އިން ވިދާޅުވިއެވެ.
— Maldivian (@MaldivianAero) May 2, 2019
ރަމަޟާން މަހު ޤައުމީ އެއާލައިނުގެ ރަސްމީ ގަޑިތައް ހާމަކުރެއްވިއިރު، މި ރަމަޟާން މަހު ދިވެހި ސަރުކާރުގެ ރަސްމީ ގަޑީގެ ގޮތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް ކަނޑައަޅުއްވާފައިވަނީ، ހެނދުނު 09:00 އިން މެންދުރު 01:00 އަށެވެ.