ހޯމަ އަދި ބުދަ ދުވަހު ބީއެމްއެލްއިން ޚިދުމަތް ދެނީ

މި މަހުގެ 11 ވާ ހޯމަ ދުވަސް (މާދަމާ) އަދި 13 ވާ ބުދަ ދުވަހު ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް ގެ ޚިދުމަތްތައް ލިބޭނެ ކަމުގައި އެ ބޭންކުން ވިދާޅުވެއްޖެއެވެ.

ބީއެމްއެލް އިން ވިދާޅުވެފައިވަނީ އެ ބޭންކްގެ ޚިދުމަތްތައް މި ދެދުވަހު ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:30 އިން 12:00 އަށް ކަމަށެވެ.

އެގޮތުން މި ދެދުވަހު އިންޓަނޭޝަނަލް ޓްރާންސްފަރ ގެ ޚިދުމަތާއި، ޕޭ ރޯލްގެ ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކްތައް ޕްރޮސެސް ކުރުމަށްވެސް ވަނީ ހަމަޖެހިފައެެވެ.

މީގެ އިތުރުން ބީއެމްއެލްއިން ވިދާޅުވެފައިވަނީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ހެނދުނު 11.30 ގެ ކުރިން ލިބޭ އާރްޓީޖީއެސް (ލައްކައަކަށްވުރެ މަތީގެ ޓްރާންސްފަ) ރިކުއެސްޓްތަކާއި، މެއިލް މެދުވެރިކޮށް ލިބިފައިވާ އެމްއާރުޓީޖީއެސް ރިކުއެސްޓްތައް އެދުވަހު ޕްރޮސެސް ވާނެ ކަމަށެވެ. އަދި ހެނދުނު 10:00 ގެ ކުރިން ލިބޭ އޭޗީއެޗް ރިއުއެސްޓްތައްވެސް އެ ދުވަހު ޕްރޮސެސް ވާނެ ކަމަށް ބޭންކުން ވަނީ ވިދާޅުވެފައެވެ.

ބޭންކް އިން ވިދާޅުވެފައިވަނީ އިންޓަނޭޝަނަލް ޓްރާންސްފަރގެ ހިދުމަތަށް، ބޭނުންވާ ޑޮކިއުމެންޓްތަކާއި އެކު މެއިލް ކޮށްފައިވާ އެޕްލިކޭޝަން ފޯމު ނުވަތަ އިންޓަނެޓް ބޭންކިން މެދުވެރިކޮށްވެސް ރިކުއެސްޓް ކުރެވޭނެ ކަމަށެވެ. އެގޮތުން އެދުވަހުގެ ހެނދުނު 11:00 ގެ ކުރިން ލިބޭ އިކުއެސްޓްތައް އެދުވަހު ޕްރޮސެސްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ޕޭ ރޯލް ހިދުމަތަށް އެދި ހުށައަޅަންވާނީ އީމެއިލް މެދުވެރިކޮށް ކަމަށާއި، ބީއެމްއެލްގެ އެކައުންޓަކަށް ފޮނުވުމަށް 11:00 ގެ ކުރިން ލިބޭ ރިއުއެސްޓްތަކާއި، އެހެން ބޭންކް އެއްގެ އެކައުންޓަކަށް ފޮނުވުމަށް 10:00 ގެ ކުރިން ލިބޭ ރިކުއެސްޓްތައް އެ ދުވަހު ޕްރޮސެސް ވާނެ ކަމަށް އެފަރާތުން ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ