ޕްރިންސް ހެރީ އަދި ބޭބެ ވިލިއަމް ގެ ގުޅުން ރަނގަޅުވަނީ!

ޑޫކް އެންޑް ޑަޗެސް އޮފް ސަސެކްސް، ޕްރިންސް ހޭރީ އާއި މޭގަން މާކެލް، އެފަރާތްތަކުގެ ޝާހީ މަޤާމު ދޫކޮށްލާ، އިނގިރޭސިވިލާތް ދޫކޮށް ދިއުމަށް ނިއްމި ޙަބަރު ވެގެންދިޔައީ މުޅި ދުނިޔެ ސިއްސުވާލި ޙަބަރަކަށެވެ. ހަމަ އެއާއެކު، އޭނައާއި،  ހުރި ހަމަ އެކަނި އެއްބަނޑު އެއްބަފާ އަދި އޭނަގެ ބޭބެ ޕްރިންސް ވިލިއަމް އާއި ދެމެދު އޮތް ގުޅުމަށް ވާނީ ކިހިނެއްތޯ ގިނަބަޔަކު އައީ ސުވާލުކުރަމުންނެވެ.

އެހެންނަމަވެސް، ޙަބަރު ތަކުގައި ރިޕޯޓުކޮށްފައި ވާގޮތުން، ޕްރިންސް ވިލިއަމް އާއި ޕްރިންސް ހެރީ ގެ ގުޅުން ރަނގަޅުވެ މިހާރު ދެމީހުންވެސް އެކަކު އަނެކަކާއި ގުޅުން ބާއްވައެވެ. ޕްރިންސް ހޭރީ އާއި މޭގަން މާކެލް، ޝާހީ ޒިއްމާތަކުން އެއްފަރާތްވެ އިނގިރޭސިވިލާތް ދޫކޮށް މިހާރު ދިރިއުޅެމުން އަންނަނީ އެމެރިކާގެ ލޮސް އެންޖެލަސްއެވެ.

ރޯޔަލް އެކްސްޕާޓް ކޭޓީ ނިކޮލް ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މައުލޫމާތު ދިން ގޮތުގައި، ހެރީ އާއި ވިލިއަމްސްގެ ގުޅުމަށް ބުރޫ އަރާފައިވީނަމަވެސް، މިހާރު ދެމީހުންގެ ގުޅުން ރަނގަޅު ވަމުން އަންނަކަށެވެ. އަދި ދެމީހުންވެސް ފޯނު މެދުވެރިކޮށް ގުޅުން ބާއްވާކަން އޭނާ ފާހަގަކޮށްފައިވެއެވެ.

އެގޮތުން ދެމީހުން ދުރުގައި ހުރިނަމަވެސް،  ވީޑިއޯ ކޯލުތަކާއި، އާއިލީ އުފަންދުވަސްތަކުގައިވެސް ދެމީހުން އެކީގައި ބައިވެރިވާކަން އޭނާ ބުންޏެވެ. އަދި ދާދިފަހަކުން މި ދެބެންގެ ބައްޕަ ޕްރިންސް ޗާލްސް އަށް ކޮވިޑް-19 ޖެހުމަކީ، ދެމީހުންނަށް އެކަކު އަނެކަކާއި ގުޅުން ބޭއްވުމަށް ނުވަތަ ގުޅުން ރަނގަޅު ކުރުމަށް ކުރިމަތިވި ސަބަބެއްކަމުގައި އޭނާ ފާހަގަކުރެވެއެވެ.

2018 ވަނަ އަހަރު ކައިވެނި ކުރި ހޭރީ އާއި މޭގަންއަށް މިހާރު ފިރިހެން ދަރިއަކުވެސް ލިބިފައިވާއިރު، އެ ދަރިކަލުންގެ ނަމަކީ، އާރޗީ ހެރިސަން އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ