ކެޓީ ޕެރީ މަންމައަކަށް ވުމުން ދެން އުފައްދާ ލަވަތަކުން އެ ބަދަލު ފެންނާނެ

ބޭރުގެ މަޝްހޫރު ލަވަކިޔުންތެރިޔާ 35 އަހަރުގެ ކެޓީ ޕެރީ އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެކަން ހާމަކޮށްފައިވަނީ، އޭނާ ރިލީޒްކުރި އާ ލަވަ “ނެވަރ ވޯރން ވައިޓް” މެދުވެރިކޮށެވެ.

ކޭޓި ޕެރީ ބުނެފައިވަނީ މަންމަ އަކަށްވުމުން އޭނާގެ މުޅި ދިރިއުޅުން ބަދަލުވާނެ ކަމަށާއި އާ ޖަޒުބާތުތަކެއްގެ ތެރެއަށް އެކަމުގެ ސަބަބުން ވަދެވޭނެކަން ޔަގީންވާ ކަމަށެވެ. އެހެން ކަމުން އެކަމާއި ބެހޭގޮތުން ލިޔުމުގެ ފުރުސަތު ލިބޭނެކަމަށެވެ. އަދި ވިހެއުމަށްފަހު މުޅިން އާ ލަވަތަކެއް ލިޔާނެކަމަށްވެސް ކެޓި ޕެރީ ވަނީ ބުނެފައެވެ.

އޭނާ އެކްޓަރު އޮރލަންޑޯ ބްލޫމްއާއި ޑޭޓް ކުރާތާ މިހާރު 4 އަހަރުވެފައިވާއިރު މިއީ އެމީހުންގެ ފުރަތަމަ ދަރިފުޅެވެ.

ކެޓީ މީގެ ކުރިން ކައިވެންޏެއްވެސް ކޮށްފައިވެއެވެ. އެހެންނަމެވެސް 14 މަސް ފަހުން 2011 ވަނަ އަހަރު މި ދެތަރިން ވަނީ ވަރިވެފައެވެ.

“ލޯޑް އޮފް ދަ ރިންގްސް” އާއި “ހޮބިޓް” އަދި “ޓްރޯއި” ފަދަ ފިލްމުތައް ކުޅެފައިވާ އޮލަންޑޯ ވެސް މީގެ ކުރިން ކައިވެންޏެއްކޮށްފައިވެ އެވެ. އެއީ އޮސްޓްރޭލިއާގެ މޮޑެލް މިރަންޑާ ކެރް އާ އެވެ.

ބަނޑުބޮޑުކަން ހާމަކޮށް ކެޓީ ރިލީޒްކުރި ލަވަޔަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ