ދިރާގު ހެޑްއޮފީސް - ފެށުން ފޮޓޯ: ވިސާމް

ދިރާގު ކަސްޓަމަރުންނަށް އުފާވެރި ހަބަރެއް، ޑިސްކައުންޓްތަކާއި އިތުރު އެލަވަންސް

ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓަރ ތަކަށް އިތުރު އެލަވަންސް އަދި މޮބައިލް ޕޯސްޓްޕެއިޑް އާއި މަމެން ކަސްޓަމަރުންނަށް ޑިސްކައުންޓް ދިނުމަށް ދިރާގުން ނިންމައިފިއެވެ.

ދިރާގުން މިއަދު ބުނީ މިއީ "ނިއު ނޯމަލް" ނުވަތަ އައު ޢާންމު ޚާލަތުގައި ދިރިއުޅެން ދަސްކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި ދިރާގު ކަސްޓަމަރުންނަށް އެކަކު އަނެކަކާ މެދުކެނޑުމެއްނެތި ފަސޭހަކަމާއެކު ގުޅައިދީ، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ކުރުމުގެ ގޮތުން ދޭން ނިންމި ޑިސްކައުންތަކެއް ކަމަށެވެ.

ހޯމް ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓަރ ތަކަށް ދިނުމަށް ހަމަޖެހިފައިވަނީ 33 އިންސައްތަ އެލަވަންސެވެ. އެއީ މިއަދުން ފެށިގެން ޖުލައި 15 ގެ ނިޔަލަށް އެކްޓިވޭޓް ކުރާ ހުރިހާ ބޫސްޓަރތަކަށް ކަމަށް ދިރާގުން ބުނެއެވެ.

އަދި މޯބައިލް ޕޯސްޓްޕެއިޑަށް ޑިސްކައުންޓް ދިނުމަށް ނިންމާފައިވަނީ 30 އިންސައްތަ ކަމަށާއި އެއީ ޖޫން 16 އިން ޖުލައި 15 ގެ ނިޔަލަށް އެކްޓިވޭޓް ކުރާ ހުރިހާ ބޫސްޓަރތަކަށް ކަމަށްވެސް ދިރާގުން ބުނެއެވެ.

މީގެ އިތުރުން 20 އިންސައްތަ އިތުރު އެލަވަންސް 20 ޖޫން 2020 ގެ ނިޔަލަށް އެކްޓިވޭޓް ކުރައްވާ ހުރިހާ ޑޭޓާ ބަންޑަލް ތައަކުން ލިބިގެންދާނެ ކަމަށްވެސް ދިރާގުން ބުނެއެވެ.

ދިރާގަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ދިރިއުޅުމަށް ފާގަތިކަން ގެނެސްދީ ޑިޖިޓަލް ރާއްޖެއަކަށް ރާއްޖެ ވާސިލްވުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ.

މިލިޔުން ކިޔާލުމުން
22
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ޖޭމްސް

    ކޮންތާކު ފޭކް ވާހަކަ ރައްޔިތުން ހަނާ ވާާާނި

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ