މާގިނައިން ހެޑްސެޓް ބޭނުން ކުރާ މީހުންނަށް ނުރައްކާ ވަރަށް ބޮޑު

މާގިނައިން ހެޑްސެޓް ބޭނުން ކުރުމަކީ ޢާދައިގެ ކަމެކޭ ހީވިޔަސް މިއީ ވަރަށް ނުރައްކާ ބޮޑު ކަމެކެވެ.

މިކަމުގެ ސަބަބުން ސިއްހީ އެތަށް ނުރައްކަލެއް އެބަ ކުރިމަތިވެއެވެ.  އޭގެތެރޭގައި ކަންފަތުގެ އަޑު އިވުމުން މަހުރޫމް ވުން، ސިކުނޑީގެ މައްސަލަތަށް އަދި އޭގެ އިތުރުން އެކިކަހަލަ ކަންފަތުގެ އިންފެކްޝަން ތަށް އުފެދުން ކަހަލަ ކަންކަން ހިމެނެއެވެ. މިއީ ފަރުވާ ކުޑަ ކޮށްފި ނަމަ ފަހުން އެކަމުގެ ހިތާމަ ކުރަން ޖެހޭނެެ ކަންކަމެވެ.

އަޑު އިވުމުން މަހުރޫމްވުން :

އާންމުގޮތެއްގައި އަޑު އިވުމުން މަހުރޫމް ވަނީ ވޮލިއަމް ފުލް ކޮށްގެން އަޑުއަހާއިރު ކަންފަތުގެ ތޫރިއަށް ލިބޭ ގެއްލުމެއްގެ ސަބަބުންނެވެ. ކަންފަތަށް ހެޑްސެޓް ޖެހުމަށްފަހު ވޮލިއަމް ފުލް ކޮށްގެން މިއުޒިކް ފަދަ އެއްޗެހި އަޑުއެހުމަކީ މިފަދަ ކަންތަށްތަށް ދިމާވުމުގެ އެންމެ ބޮޑު އެއް އަސްލެވެ.

ކަންފަތުގައި އިންފެކްޝަން އުފެދުން :

ކަންފަތުގެ އިންފެކްޝަން ތަށް އާންމުގޮތެއްގައި އުފެދެނީ އެކަކު ބޭނުންކުރާ ހެޑްސެޓް އެހެން މީހުން ބޭނުމް ކުރުމުގެ ސަބަބުންނެވެ. މި ގޮތަށް ހެޑްސެޓް ބޭނުންކުރާނަމަ އެކަކުގެ ކަންފަތުން އަނެކުންގެ ކަންފަތަށް ޖަރާސީމުތަށް އެބަ ފެތުރެއެވެ. މިކަމުގެ ސަބަބުން ކަންފަތުގައި ރިއްސުން ފަދަ ކަންތަށްތަށް އެބަ ދިމާވެއެވެ.

ސިކުޑީގެ މައްސަލަތަށް :

ސިކުނޑީގެ މައްސަލަތަށް އާންމުގޮތެއްގައި ދިމާވަނީ ހެޑްސެޓް ޖަހައިގެން އަޑުގަދަކޮށް އެއްޗެހި އަޑުއަހަމުންދާ ވަގުތު އެވާ ވައިބްރޭޓް އެއްގެ ސަބަބުންނެވެ. ހުއްޓުމެއް ނެތި މިގޮތަށް ގިނަ ވަގުތު ވައިބްރޭޓް ވާނަމަ ސިކުނޑިއަށް ލިބެންވާ ވަރަށް ރެސްޓްއެއް ނުލިބޭނެއެވެ. މިއީ ސިކުނޑިއަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ.

އާންމުގޮތެއްގައި ހެޑްސެޓް ޖަހައިގެން އުޅޭނަމަ މިއީ އަމިއްލަ ނަފްސަށް ދެވޭ ވަރަށް ބޮޑު ގެއްލުމެކެވެ. އަމިއްލަ ނަފްސަށް މިފަދަ ބޮޑެތި ގެއްލުން ތަކެއް ދޭން ބޭނުންނުވާނަމަ މިކަންތަށްތަކާ މެދު ވިސްނާލުން ވަރަށް މުހިންމެވެ.

 

މިލިޔުން ކިޔާލުމުން
61
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ