ސަފާރީ ރޭޕް ކޭސްގެ މީޑިއާތަކުގެ މައްސަލަ ބަލަން އެކުލަވާލި ކޮމެޓީ އިސްތިއުފާ ދީފި

ޖޫން 25 ވީ ބުރާސްފަތި ދުވަހު ހުޅުމާލޭ ކައިރީ އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ ބެލުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އެކުލަވާލި ކޮމެޓީގެ ހުރިހާ މެމްބަރުން އިސްތިއުފާދެއްވައިފިއެވެ.

އެމްއެމްސީގައި ޖުމްލަ ތިއަބަވަނީ މީޑިއާތައް ތަމްސީލުކުރާ 8 މެމްބަރުންނާއި އާންމުންގެ ތެރެއިން 7 މެމްބަރުންނާއެކު ޖުމްލަ 15 މެމްބަރުންނެވެ. މި މައްސަލަ ބަލާ ކޮމެޓީގައި ނިމެނެނީ ދުވަސް ނޫސްގެ ފަރާތުން އަޒްމީ އަލީ، ސަންގެ ފަރާތުން އަހުމަދު ނާއިފް އަދި އަމިއްލަ މެންބަރެއްގެ ގޮތުން މުޙައްމަދު ޔާމީން އިބްރާހީމެވެ.

ސަފާރީއަކަށް ދިޔަ ބިދޭސީ މީހާއަށް ޖިންސީ ގޯނާކުރި މައްސަލަ ބެލުމަށް އެކުލަވާލި ކޮމިޓީ އިން އިސްތިއުފާ ދެެއްވަން ޖެހުނީ ނިންމާފައިވާ ނިންމުމަކަށް އެމްއެމްސީގެ ރައީސް ހިދާޔަތުﷲ، މަސައްކަތް ކުރައްވާ ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވުމުން ކަމަށް މި ކޮމެޓީގެ މުޤައްރިރު އަޒުމީ އަލީ ވިދާޅުވެފައިވެއެވެ. އަދި އޭނާ އަށް ގުޅައި ކޮމެޓީގައި ދެންތިބި ބޭފުޅުންގެ ގޯސް ވާހަކަ ދައްކާފައިވާތީ ކަމަށް އެނާ ބުނެފައިވެއެވެ. އަދި ހިދާޔަތުﷲ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އަނެއް ދެ ބޭފުޅުންނާ ގުޅުއްވާ އަޒޮމީގެ ގޯސް ވާހަކަ ދައްކާފައިވާ ކަމަށް އަޒްމީ ތުހުމަތު ކުރައްވާފައިވެއެވެ.

ޖުލައި މަހުގެ 1 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ތަކުގެ ކޮމިޓީން ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި، މީޑިއާތަކުން ދޮގު ހަބަރު ފަތުރާފައިވޭތޯ ބަލައި، ގަވާއިދަކުން މީޑިއާތައް 2000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ގޮތް ހެދުމަށް މީޑިއާ ކައުންސިލަށްވަނީ އަންގަވައިފައެވެ.

ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 2 މީހުން ދޫކޮށްލާފައި ވީނަމަވެސް މިމައްސަލައިގެ ތަޙުޤީޤު ކުރިއަށް ދާކަމަށާއި އެ ދެ މީހުން ދޫކޮށްލެވިފައިވަނީ ބަންދުގައި ބަހައްޓަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތުމުންކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ