ސީއެސްސީގެ ނައިބު ރައީސް ޝަހީދުވެސް އިސްތިޢުފާ ދެއްވައިފި

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ ނައިބު ރައީސް ޝަހީދު މުޙައްމަދު ވެސް އިސްތިޢުފާ ދެއްވައިފި އެވެ.

ޝަހީދު އިސްތިޢުފާ ދެއްވާފައި ވާކަން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ވަނީ ވޯޓަށް އެހުމުގެ ކުރިން ދެންމެ އިޢުލާން ކުރައްވާފައެވެ.

ޝަހީދު އިސްތިޢުފާ ދެއްވިއިރު މިއަދުގެ މަޖިލީހުގައި ވަނީ ސީއެސްސީގެ މެންބަރު އާމިރާ ފިޔަވައި ދެން ތިއްބެވި 4 ބޭފުޅުން ވަކި ކުރުމަށް ވޯޓަށް އެހުމަށް ތާވަލު ކޮށްފައެވެ.

ޝަހީދުގެ އިތުރުން ވޯޓަށް އެހުމުގެ ކުރިން ސީއެސްސީގެ ރައީސް އަކަށް ހުންނެވި ޑރ. އަލީ ޝަމީމް އަދި އެ ކޮމިޝަންގެ މެންބަރު ޒަކަރިއްޔާ ވެސް ވަނީ އިސްތިޢުފާ ދެއްވާފައެވެ. އެހެން ކަމުން މިއަދު މަޖިލީހުގައި ވޯޓަށް އަހާފައިވަނީ އެ ކޮމިޝަންގެ މެންބަރު އިބްރާހިމް ޝަހީޤު ވަކި ކުރުމަށް އެކަންޏެވެ.

ވަކި ކުރަން ނިންމާފައިވާ 4 ބޭފުޅުންގެ ތެރެއިން އިސްތިއުފާ ނެދެއްވާ ހުންނެވި ހަމައެކަނީ މެންބަރު ޝަހީޤު އެ ކޮމިޝަންގެ މެންބަރު ކަމުން ވަކި ކޮށްފައިވަނީ 48 މެންބަރުންގެ ވޯޓާއި އެކުއެވެ.

2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސީއެސްސީގެ މެންބަރު ކަމަށް ޝަހީދު އައްޔަން ކޮށްފައިވާއިރު 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ވަނީ އެކޮމިޝަންގެ ނައިބް ރައީސް ކަމަށް ޝަހީދު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ