ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންޓަނެޓް ބޭންކިންގެ ޚިދުމަތަށް ބުރޫއަރައިފިއެވެ.
ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތަށް ބުރޫ އެރިތާ 2 ގަޑިއިރަށްވުރެ ގިނައިރު ވެފައިވާއިރު، އެޕް އަދި އިންޓަނެޓް ބޭންކިންގ ބޭނުންކުރުމުގައި ކަސްޓަމަރުންނަށް ދަތިތަކާ ދަނީ ކުރިމަތިވަމުންނެވެ.
@bankofmaldives I can’t transfer money via the app
Pls fix— MaizanIbu (@maizanibu) July 19, 2020
އިންޓަނެޓް ބޭންކިންގެ ޚިދުމަތަށް ބުރޫއެރިއިރު، މީގެ ދެ ދުވަސް ކުރިން އެ ބޭންކުން ވަނީ މެއިންޓަނަންސްގެ މަސައްކަތްތަކެއް ތާވަލުކުރެވިގެން ކޮށްފައެވެ.
Customers may face interruptions to Internet Banking, ATMs, POS Machines, Payment Gateway and USD portal between 1:30 am - 4 am tonight due to a planned maintenance. The timing has been selected to cause minimum disruption and we apologise for any inconvenience caused.
— Bank of Maldives (@bankofmaldives) July 17, 2020
ނޯޓިސް ދިނުމަކާއި ނުލައި އިންޓަނެޓް ބޭންކިންގެ ޚިދުމަތަށް ބުރޫއެރުމުން ގިނަ ކަސްޓަމަރުންތަކެއް ޓްވިޓަރަގައި ޝަކުވާކުރުމުން ބޭންކުން ބުނެފައިވަނީ ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
Please note that we are working to resolve the issue.
— Bank of Maldives (@bankofmaldives) July 19, 2020
ބުރޫއެރި ބޭންކިންގެ ޚިދުމަތްތައް އަލުން ފެށިފައިވާކަން ބީއެމްއެލް އިން މިރޭ 11:59 ގައި މީސްމީޑިއާގައި ހާމަކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
Please note that the issue is now resolved.
— Bank of Maldives (@bankofmaldives) July 19, 2020
ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތްތައް ހޯދުމުގައި ހުރި ދަތިތަކުގެ ވާހަކަ އެ ބޭންކުގެ ކަސްޓަމަރުން ދަނީ މީސްމީޑިއާގައި ފާހަގަކޮށް ބޭންކަށް ފާޑުކިޔަމުންނެވެ.
								
											


														
														
														
														
														
														