ފެޝަނަށް ލޯބިކުރުމަކީ ވަރަށް ގިނަ މީހުން ކުރާކަމެކެވެ. އޭގެތެރޭން ވެސް ފިރިހެން ކުދިން ގެ ހުޅި މިއީ ފާހަގަ ކޮއްލެވޭ އެއްޗެކެވެ.
އިސްތަށިގަނޑު ދިގުކޮއްފައި ހުންނަ ފިރިހެނުން ހުޅި ޖެހުމަކީ މިހާރު އާންމުކަމެކެވެ. ފަސޭހަ އަކަށް ނުވަތަ ފެޝަނަކަށް ވިޔަސް މިޖަހާ ހުޅީގެ ސަބަބުން އަންހެން ކުދިންގެ ނަޒަރު ހުޅިޖަހާ ފިރިހެނުންނަށް އެބަ ހުއްޓެއެވެ. އަންހެން ކުދިންގެ ހިތްތަށް އަތުލައިގަތުމަށް މިއީ މާ ފަސޭހަ ގޮތެކެވެ.
ދިވެހިންގެ ތެރޭގައިވެސް މިހާރު ހުޅި ޖެހި ފިރިހެނުން ގިނައެވެ. އިސްތަށިގަނޑު ދިގުކޮށްފައި ހުންނަ ފިރިހެނުން އިސްތަށިގަނޑު ވައްޓާލާފައި އޮތުމަށް ވުރެ ހުޅި ޖަހާލާފައި އޮތުމުން އެ އަންނަ ފިރިހެން ވަންތަކަން ހަޤީޤަތުގައިި ވެސް އަންހެން ކުދިންނަށް މާ ކަމުދަނީއެވެ. ހިތް ދަމައިގަންނަ ކަހަލަ ގޮތްތަކެއް ހުޅިގަނޑުގައި އެބަ ހުރެއެވެ. ބަލާލަން ވެސް މާ ކަމުދަނީއެވެ. އާންމުކޮން ތިބޭ ތިބުމަށް ވުރެން ހުޅިޖަހައިގެން ތިބޭ ފިރިހެނުންނަށް ލިބޭ ސަމާލުކަންވެސް މާ ބޮޑެވެ.
ހުޅި ޖަހައިގެން ހުރި ފިރިހެނެއް ފެނިއްޖެ ނަމަ އެ މީހަކަށް ހާއްސަ ޝައުގުވެރިކަމެއް އެބަ ދެވެއެވެ. ރީތި އެއްޗިއްސައް ލޯބިކުރުމަކީ އިންސާނީ ތޮބިއްޔަތެކޭ ބުނެއެވެ. މިއީ ހަޤީޤަތުގައިވެސް ވަރަށް ބޮޑު ތެދެކެވެ. ގަޔާވާކަހަލަ ގޮތެއް ހުރެއްޖެ ނަމަ ދެވަނަ ނަޒަރު ބޭ އިޙްތިޔާރުގައި ދޫކޮށްލެވެއެވެ.
ހުޅި ޖެހި ފިރިހެނުން ކާމިޔާބު ކަން މިއީ މިހާރު އެންމެންވެސް ގަބޫލުކުރާ ހަޤީޤަތެކެވެ.
ހިޔާލު
kon kamehbaa kaamiyaabu vany.. aharemen kaiyaabu hoadhan othy emme kamakun.. eyee thaquvaa verikamun