އިސްރާއީލުގައި ރޯވި އަލިފާން ކޮންޓްރޯލްނުވެ، ޤައުމުތަކުގެ އެހީއަށް އެދެނީ

ހޫނު ގަދަވުމުގެ ސަބަބުން އިސްރާއީލްގެ ގިނަ ސަރަހައްދުތަކެއްގައި އިއްޔެ ރޯވި އަލިފާންގަނޑުތައް އިތުރަށް ފެތުރެމުން ދާތީ އަލިފާންގަނޑު ކޮންޓްރޯލް ކުރަން އިސްރާޢީލުން ޤައުމުތަކުގެ އެހީއަށް އެދިއްޖެއެވެ.

މިހާތަނަށް އިސްރާއީލަށް އެހީތެރިވާނެ ކަމަށް، ބުނެފައިވަނީ، އިޓަލީ، ގްރީސް، ސައިޕްރަސް އަދި ކްރޮއޭޝިޔާ އިންނެވެ. އެހީތެރިވާނެ ކަމުގެ ޔަޤީންކަން ދިން ނަމަވެސް، އިސްރާއީލަށް އެހީތެރިކަން ފޯރުކޮށްދެވޭނީ، މިއަދު ހެނދުނު ކަމަށް އެޤައުމުގެ މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

އަލިފާން ރޯވުމުގެ ސަބަބުން މިހާތަނަށް 3،500 އެއްހާ މީހުން ސަލާމަތީ ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށާއި ޤައުމުތަކުގެ، "އަވަސް" އެހީއަކަށް ބޭނުންވާ ކަމަށް އިސްރާޢީލްގެ ފޮރިންގް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްރާއީލްގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރވަނީ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހިއްޖެ ހާލަތަކަށް ތައްޔާރުވުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ވުމަށް ގޮވާލާފައެެވެ.

އިސްރާއީލްގެ ބައެއް ހިސާބުތަކުގައި ފިނިހޫނުމުން އުޅެނީ 40 ޑީގްރީއަށްވުރެ މަތީގައެވެ. އިސްރާއީލްގައި ހޫނު ގަދަވުމުގެ ސަބަބުން، ދަތުރުފަތުރު ކުރުމަށްވެސްވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. މިގޮތުން ރޭލު ދަތުރުތައް، ރޭލު ދުވާ މަގުތައް "އެކްސްޕޭންޑް" ވެފައިވާތީވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.

ހޫނު ގަދަވުމުގެ ސަބަބުން އިސްރާއީލްގެ ގިނަ ސަރަހައްދުތަކެއްގައި އިއްޔެ އިން ފެށިގެން އަލިފާންގަނޑުތަކެއް ރޯވެ، އިތުރަށް ފެތުރެމުން ދާތީ ރަތް އެލާޓް ނެރެ، އަލިފާން ނިއްވާ މީހުން ވަނީ ކުއްލި ހާލަތަކަށް ގެނެސްފައެވެ.

މިލިޔުން ކިޔާލުމުން
175
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ