ސްރީލްންކާގެ އިރުމަތީ ކައިރިން ދަތުރުކުރަނިކޮށް ރޯވި ބޮޑު ތެޔޮ ޓޭންކަރުގެ ސަބަބުން ރާއްޖެއަށް ނުރައްކާވުމުގެ ފުރުސަތު ކުޑަކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މިހާދިސާއާއި ގުޅިގެން މަޢުލޫމާތު ދިނުމަށް ނޫސްވެރިންނާ ބައްދަލުކުރައްވައި ކޮސްޓްގާރޑުން ވިދާޅުވީ ގިނަ އަދަދެއްގެ ތެޔޮ އަރުވައިގެން ދަތުރުކުރަމުން ދަނިކޮށް ރޯވި އެމްޓީ ޑައިމަންޑް ނަމަކަށްކިޔާ މި ބޯޓުން ރާއްޖެކަނޑަށް ތެޔޮ އެޅުމުގެ ނުރައްކަލެއް ނެތްކަމަށެވެ.
ނަމަވެސް މި ހާދިސާގައި ރާއްޖޭގެ ކަނޑަށް ތެޔޮ އެޅި، ގެއްލުމެއް ލިބިދާނެ ކަމަށްޓަކައި ޚާއްސަ ޓާސްކްފޯހެއް އެކުލަވާލައި ބޭރުގެ ފަރާތްތަކާ ގުޅިގެން އެކަން ގާތުން ބަލަމުން އަންނަކަމަށް ކޯސްޓް ގާޑްގެ ކޮމާންޑަރ ލެފްޓިނެންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވިއެވެ.
"މިހާރު އޮޔަވަރު ހުރިގޮތުން ވޯރސްޓް ކޭސް ސިނާރިއޯ އެއްގައި އޮއިލް ސްޕިލްއެއް އަޔަސް ރާއްޖެއާ ގާތަށް ދާކަހަލަ ގޮތަކަށް ނޫން އޮޔަވަރު މި ސަރަހައްދަށް ހުރީ" މޫސުމާ ބެހޭ ޤައުމީ އިދާރާގެ ފަރާތުންް ވިދާޅުވިއެވެ. މިހާރު އަލިފާންގަނޑު ގާތްގަނޑަކަށް އެއްކޯށް ނިއްވާލެވިފައިވާ ކަމަށާއި ނަމަވެސް ދޭތެރެއަކުން އަދިވެސް ބޯޓުގައި އަލިފާން ހިފާކަމަށް އެފަރާތުން މައުލޫމާތު ދެއްވިއެވެ.
މިހާދިސާ ހިނގިއިރު ބޯޓުގައި ތިބި23 މީހުންގެ ތެރއިން22 މީހަކު ސަލާމަތް ވެފައިފައިވާއިރު މިހާދިސާގައި އެކަކު މަރުވެފައިވާކަމަށް ލަންކާ ކަނޑުގެ ސިފައިން ވަނީ ވިދާޅުވެފައެވެ. މައުލޫމާތ ލިބިފައިވާ ގޮތުގައި ސަލާމަތްވި މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ ދަނީ ފަރުވާދެމުންނެވެ.