ވައިކަރަދޫ ދާއިރާއަށް އަދާލަތުން ވާދަކުރާ ޘަޤީފް އަދި ޝެއިޚް އިމްރާން - ފޮޓޯ: އޭޕީ

ޖަލުތަކުގެ ޚާލަތު ރަނގަޅު ކުރެވޭނީ ރައްޔިތުންގެ އެއްބާރުލުމާއެކު - މިނިސްޓަރ

ދިވެހިރާއްޖޭގެ ޖަލުތަކުގެ ޚާލަތު ރަނގަޅުކުރެވޭނީ ޢާއްމު ރައްޔިތުންގެ އެއްބާރުކުމާ އެކުގައި ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ، ޖަލުތަކަށް ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ރައީސް މަޢުމޫން ފޮތް ހަދިޔާ ކުރެއްވުމުން ޝަކުރު ދަންނަވައި ދާދި ދެންމެ ކުރެއްވި ކުރު ޓްވީޓެއްގައެވެ.

މިމަހުގެ 22 ވަނަ ދުވަހު ފެށި ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމަކީ، ފޮތްކިޔުމުގެ ތެރެއިން މަޢުލޫމާތު އުނގެނި އަޚްލާޤު ރަނގަޅުކޮށް ރަނގަޅު މީހަކަށް ވުމަށް ހިތްވަރުދިނުމަށް ފެށި ޕްރޮގްރާމެއް ކަމަށް އެ މިނިސްޓަރީން ވިދާޅުވެއެވެ.

މި ޕްރޮގްރާމް ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ޢިމްރާން ވިދާޅުވެފައިވަނީ، ޖަލުތަކުގައި ބަންދުވާންޖެހުމަކީ އުނގެނުމުން މަޙުރޫމުވާން ޖެހޭ ސަބަބެއް ނޫން ކަމަށާއި، މިއީ އުނގެނުމާއި މަޢުލޫމާތު މުއްސަނދިވުމަށް ލިބޭ ފުރުޞަތެއްކަމުގައި ދެކެންޖެހޭ ކަމަށެވެ.

އަދި ޖަލުތަކުގެ ޙަލާތު ރަގަޅުކުރުމަށް އެންމެ އިސްކަމެއް ދޭން ޖެހޭ ކަމަކީ، ވިސްނުމަށް ހެޔޮ ބަދަލު ގެނައުން ކަމަށާއި މިކަމަށްޓަކައި މުޖުތަމަޢުގެ އެއްބާރުލުން ވަރަށް މުހިންމުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“ޖަލުތަކުގެ ޙާލަތު ރަނގަޅު ކުރުމަށް އެންމެ އިސްކަމެއް ދޭންޖެހޭ ކަމަކީ ވިސްނުމަށް ހެޔޮ ބަދަލުގެނައުން. ރައްޔިތުންނާއި، ޖަލުތަކުގައި ތިބޭ ޤައިދީންގެ ވިސްނުމަށް ހެޔޮ ބަދަލު ގެނައުން. އަދި މިކަމަށް މުޖުތަމަޢުގެ އެއްބާރުލުމައި އެހީތެރިކަން ބޭނުންވޭ. ކިޔަވާ ކުދިންނާއި، ކުންފުނިތަކާއި، ވިޔަފާރިވެރިންނާއި، ސަރުކާރު މުއައްސަސާތަކުގެ ވެސް އެހީތެރިކަން ބޭނުންވޭ” މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ، މި އެހީތެރިކަން ލިބިއްޖެނަމަ ޖަލުތަކުގެ ލައިބްރަރީ މުއްސަނދިވެ އޭގެ ހެޔޮ ބަދަލު ޤައިދީންގެ ކިބައިން ފެންނާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ