ފިރިމީހާ ގެއަށް އަންނަންދެން އިންތިޒާރު ކުރާނަމަ ލޯބި އިތުރުވޭ!

އިންތިޒާރުކުރުމަކީ ގިނަ މީހުން ވަރަށް ކުރާ ހިތް ނުވާ ކަމެކެވެ. އެހެން ނަމަވެސް ބައެއް ކަންކަމުގައި އިންތިޒާރު ކުރުމަކީ ހަމަ ގައިމުވެސް ފަހުން އެކަމުގެ ފޮނި މީރުކަން ލިބޭނެ ކަމެކެވެ.

ހަމަ އެގޮތަށް ފިރިމީހާ ގެއަށް އަންނަންދެން އަނބިމީހާ އިންތިޒާރުކުރާނަމަ މިކަމުގެ ނަތީޖާ ވަރަށް ފޮންޏެވެ. މިކަމުގެ ސަބަބުން ދެމަފިރިންގެ ގުޅުން އިތުރަށް ފުރިހަމަވެ ދެ މީހުންގެ ދެމެދުގައިވާ ލޯބި އިތުރުވެއެވެ. އުފާވެރި ހިތްހަމަ ޖެހޭ ދިރިއުޅުމެއް ބޭނުންނަމަ ދެމަފިރިންގެ ދެމެދުގައިވާ ލޯތްބަކީ ވަރަށް މުހިންމު އެއްޗެކެވެ. މި އުފާވެރިކަން ފަނޑުވެގެން ދާން ބޭނުންނުވާނަމަ ފިރިމީހާއަށްޓަކައި އަނބިމީހާ އިންތިޒާރުކުރުމަކީ މުހިންމު ކަމެކެވެ.

އަނބިދަރިންނަށްޓަކައި ބުރަކޮށް މަސައްކަތް ކުރުމަށްފަހު އެނބުރި ގެއަށް އަންނަ އިރު އަބިމީހާ އިންތިޒާރުގައި ހުންނަތަން ފެނުމަކީ ހަމަ ގައިމުވެސް ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށް ވާނެކަން ޔަގީނެވެ. މިގޮތަށް އިނތިޒާރުގައި ހުންނަތަން ފެނުމުން އަނބިމީހާ ގެ ހިތުގައި ފިރިމީހާއަށްޓަކައި އޮންނަ ލޯބި އިޙްސާސް ކުރެވިގެން ދާނެއެވެ. މިޢީ ދެމަފިރިންގެ ގުޅުން ވަރުގަދަކުރުމަށް ލިބޭ އިތުރު ފުރުސަތެކެވެ.

މިގޮތަށް ފިރިމީހާއަށްޓަކައި އިންތިޒާރު ކުރާ ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތަށް މަދުކަމަށް ތަފާތު އެކިކަހަލަ ދިރާސާތަކުން ދައްކައެވެ. އޭގެ އިތުރުން ދެ މީހުންގެ ދެމެދުގައިވާ ލޮއެތްބައް ބަދަލެއް ނައިސް އެންމެ ފުރަތަމަ ދުވަސް ފަދައިން އުފަލުގައި އުޅުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ.

އުފާވެރި ހިތްހަމަ ޖެހޭ ދިރިއުޅުމެއް ބޭނުންނަމަ ފިރިމީހާ ގެއަށް އަންނަންދެން އިންތިޒާރުކޮށްލާށެވެ. ދެމަފިރިންގެ ދެމެދުގައިވާ ލޯބި އިތުރުވެ އުފާވެރިކަން ފެންނާނެކަން ޔަގީނެވެ.

މިލިޔުން ކިޔާލުމުން
1014211
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ފާތުން

    ގިނަ ފިރިހެނުން ގެއިން ބޭރުގައުޅެނީ އަނބިދަރިނަން ކާންބޯންދޭން މަސައްކަތް ކުރާކަށްނޫން. އެމީހުންގެ އަމިއްލަ ހިތްހަމަ ޖެއްސުމަށްޓަކައި ކުޅވަރާ މަޖަލުގަ ރައްޓެހިންނާއެކުގަ. އަނބިމީހާ ފަތިހު މުނާޖާ ކޮނޑުއަޅައިގެން ތެދުވާގޮތައް ދުވާލު ހަތަރުދަމު މަސައްކަތުގަ އުޅެފަ ކުދިން ނިންދަވާފަ ވަރުބަލި ވެގެން ނިދޭ އިރުވެސް ފިރިމީހާ ރަށްޓެހިންނާ އެކު މަޖާކުރުމުގަ ބޭރުގަ. ވިސްނައެއް ނުލާނެ ތިމާގެ އަނބިމީހާ އުޅޭނެ ބުރަކަމެއް. އެހެނެކޭ ކިޔާފަ ވަކި އަވަހައް ގެއައް އަންނަން ހިތައްވެސް ނާރާނެ. ޢެހެންޢޮވެ އަނބިމީހާއައް ނިދި މެންދަމުން އަލިވެ އެކެއް ދޭޢް ޖަހާއިރު ގެއައް އަންނަން ހިތައްވެސް އަރާނީ. ދެން ކިޔަންވީ އަނބިމީހާ އޮންނާނީ ތިމަންނަ ގެއައްދާއިރު ނިދާފައޭ. ލިއުމުގަވާގޮތައް ފިރިމީހަ މަސައްކަތުގަ އުޅޭނަމަ ހަމަ އިންތިޒާރު ކުރަންވީ. ކުރިން ބުނިގޮތައް ބޭކާރު އިންތިޒާރެއް ކުރުމުގެ ބޭނުމެއްނެތް.

    25
    1
  2. Mahaa

    No. I dont agree with this. Eki meehunge understanding ah meethi depend vaany. Firimeehaa ekanyeh noon anbi meehaa ah takaa masahkaiy kurany. Anbimeehaa ves masaiy kaiy kohgen geyga nidhifa ovedhaane. Firimeehaa ais bosdhimakun anbimeehaa heylahvaalaa bahfhaalaa ulhumaky loabi ithuruvaa goiy goiy

  3. inthizaaru

    minute eh lasviyas thibenee moonu kuni koggen

    3
    7
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ