މުޅި މީސްމީޑިއާގައި އެންމެން ބޯބާލައިގެން މިއުޅެނީ ކީއްވެގެންބާއޭ ހިތަށް އަރައެވެ. ފޭސްބުކް، އިންސްޓަގްރާމް ނުވަތަ ސްނެޕްޗެޓް ހުޅުވާލިޔަސް ސްޓޯރީ ތަކުންނާއި ފީޑުން ވެސް ފެންނަނީ އެންމެން ބޯބާލައިގެން އުޅޭ މަންޒަރެވެ.
މީސްމީޑިއާއަކީ ވަރަށް ފާޑެއްގެ ތަނެކެވެ. މިވަނީ ކިހިނެއް ކަމެއް ހަމަ އެއްގޮތަކަށްވެސް ނޭގުނެވެ. ބޯބާލައިގެން ހުރެ ކޮންމެ މީހަކުވެސް އެމީހެއްގެ ޕްރޮފައިލް ޕިކްޗަރ އަށް ފޯޓޯ ލާން ފަށައިފިއެވެ. ފުރަތަމަ ހީކުރީ މިއީ ޗެލެންޖެއް ކަމަށެވެ. ޗެލެންޖް ގައި ބައިވެރިވާން ބޯ ނުބޭލުނީ ހަމަކިރިޔާއެވެ. ރަނގަޅަށް ހަޤީޤަތް ބެލިއިރު ކަމަކު ދާކަށް ނެތެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ އެޕްލިކޭޝަން އެއްކަމަށްވާ ސްނެޕްޗެޓަށް އަލަށް އައިސްގެން އުޅޭ ފިލްޓާއެކެވެ.
ސްނެޕްޗެޓަށް އަލަސް އައިސްގެން އުޅޭ މި ފިލްޓާ ހަމަ ގައިމުވެސް މިވަނީ ގިނަ ދިވެހިންނަށް ވަރަށް ކަމުގޮސްފައެވެ. ކިތަންމެ ރީތި އިސްތަށިކޮޅެއް ހުއްޓަސް މި ފިލްޓަރ ބޭނުންކޮށްގެން ފޮޓޯއެއް ނަގައިފި ނަމަ މުޅި މީހާ ތަލަވެގެން ދެއެވެ. ހީވަނީ ހަމަ ހަޤީޤަތުގައިވެސް ބޯބާލާފައި ހުންނަހެނެވެ.
ބޯބާލާހިތުން އުޅޭ މީހުން އަވަހަށް ސްނެޕްޗެޓަށް ވަދެ މި ފިލްޓަރ ބޭނުންކޮއްލައިގެން ބޯބާލާށެވެ.
2 Responses
ހަބަރު ލިޔަނީ އެއްޗެއް އެނގިގެނެއްނޫން. ފިލްޓަރައް ކިޔާނަން ކުޑަމިނުން ލިޔެލަން ނޭގުނު.
ފިލިތޯރި