ޗާލީޒް މީހަކާ ރައްޓެހިނުވާތާ ފަސް އަހަރު!

ދަ އޯލްޑް ގާރޑްގެ ތަރި ޗާލީޒް ތެރޮން މީހަކާ ރައްޓެހިނުވާތާ ފަސް އަހަރު ވެއްޖެ ކަމަށް އޭނާ ބުނެފިއެވެ.

އުމުރުން 45 އަހަރުގެ ޗާލީޒް 2015 ވަނަ އަހަރު ކުރީގެ ލޯބިވެރިޔާ ޝީން ޕެން އާއި ވަކިވުމަށްފަހު އަދިވެސް ހުރީ ސިންގަލްކޮށްކަމަށް ބުނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު "ދަ ޑްރިއު ބެރީމޯރ ޝޯވ" ގައެވެ.

އެކަޝިގެންވާ ބައިވެރިން ނާއެކު ޑޭޓް ކުރަން ތައްޔާރަށްހުރި ޗާލީޒް ބުނެފައިވަނީ އޭނާގެ ހަޔާތަށް ދެންއަން މީހަކު އަންނަން ޖެހޭނީ ގިނަ ގޭމު ތަކަކާއެކު ކަމަށެވެ. އަދި އެއީ އަހަރެމެން ހީކުރާ ކަހަލަ ގޭމު ތަކެއް ނޫންކަމަށްވެސް އޭނާ ބުންޏެވެ. އޭނާ ބުނީ އޭނާގެ ދިރިއުޅުން ވަރަށް ރަނގަޅު ކަމަށާއި އެހެންކަމުން ގަބޫލުކުރެވޭނީ އެ ފެންވަރުގެ ނުވަތަ އެއަށްވުރެ ރަނގަޅު ގޭމު ކަމަށާއި އެއަށްވުރެ ދަށް އެއްޗެއް ގަބޫލު ނުކުރާނެކަށެވެ.

މީހަކާއި ރައްޓެހި ނުވާތާ ފަސް އަހަރުވެފައި ވީނަމަވެސް އެޑޮޕްޓް ކޮށްގެން ގެންގުޅޭ އޭނާގެ ދެ ކުދިންނާއެކު ދިރިއުޅުން އެކަނިވެރި ނޫންކަމަށްވެސް ޗާލީޒް ވަނީ ބުނެފައެވެ.

ގިނަ ފިލްމު ތަކަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ޗާލީޒް އަކީ އެތައް އެވޯރޑް ތަކެއްވެސް ހާސިލްކޮށްފައިވާ ކުޅަދާނަ ފަންނާނެކެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ