އައްޒަ އަދި ސީޒަންގެ ޓިކްޓޮކް އައިޑީ ވެރިފައިވެއްޖެ

ދިވެހި ފިލްމީ އިންޑަސްޓްރީގައި މިވަގުތު ހުރި އެންމެ މަޝްހޫރު އަދި އެންމެ ޑިމާންޑްބޮޑު އެކްޓްރެސް މަރިޔަމް އައްޒަ އާއި ރާއްޖޭގައި އުފެދުނު އެންމެ މަގްބޫލު އެއް އެކްޓަރު، ޑައިރެކްޓަރު އަލީ ސީޒަންގެ ޓިކްޓޮކްގެ އައިޑީ ވެރިފައިވެއްޖެއެވެ.

މިއީ ރާއްޖޭގައި ޓިކްޓޮކް އައިޑީތަކެއް ވެރިފައިވެގެންދިޔަ ފުރަތަމަ ފަހަރުވެސް މެއެވެ. ފުރަތަމަ ރާއްޖޭގައި ޓިކްޓޮކް އައިޑީއެއް ވެރިފައިވުމުގެ ޝަރަފު ލިބިފައިވަނީ އަލީ ސީޒަނަށެވެ. ދެން އެއަށްފަހު އައްޒަ އެވެ.

މި ޝަރަފާ އެކު ސީޒަން ބުނީ ރާއްޖެއަށް ޓިކްޓޮކް އައިސްފި ކަމަށާއި އައިޑީ ހުރިހާ އެންމެން ވެސް އޭނާގެ އައީޑީއަށް ފޮލޯ ކުރުމަށެވެ. އަދި ސީޒަންގެ އައިޑީ މެދުވެރިކޮށް ފަހުގެ ޓްރެންޑްތަކާއި ފަހުގެ އަޕްޑޭޓްތައް ވެސް ލިބިގެންދާނެ ކަމަށް ވެސް ސީޒަން ބުންޏެވެ.

ޓިކްޓޮކް އައިޑީ ވެރިފައިވުމާއެކު އައްޒަ ބުނީ، ރާއްޖޭގައި ޓިކްޓޮކް އަކީ މިހާރު ވަރަށް މަޝްހޫރު އެޕްލިކޭޝަނެއް ކަމަށާއި، ކުރިއަރަމުން އަންނަ ވަރަށް ބައިވަރު، ރާއްޖޭގެ ބޮޑު ޕަސެންޓެއް ބޭނުން ކުރަމުންދާ އެޕްލިކޭޝަނެއް ކަމުން މިޝަރަފް ލިބުމުން ވަރަށް އުފާވާ ކަމަށެވެ. "އައްޒަގެ އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ބަލާފައި ޓިކްޓޮކްގައި އެހާ އެކްޓިވް ނުވާނެ، އެހެންނަމަވެސް ޓިކްޓޮކްގެ ވެރިންގެ އެދުމެއް އެއީ އައްޒަމެން ޓިކްޓޮކްގައި ގިނައިން ފެނި އެކްޓިވް ވުމަކީ، އެހެންވެ އަސްލު މިފުރުސަތުގެ ބޭނުން ހިފީ" އައްޒަ ބުންޏެވެ.

ޓިކްޓޮކްގައި އުޅޭ ވަރަށް ގިނަކުދިން، އެކުދިންނާއެކު ޓިކްޓޮކް ހެދުމަށް އަބަދުވެސް އެދެމުން އަންނަ ކަމަށާއި، އެ ފަރާތްތަކަށް އުފާވެރި ހަބަރެއް ދެމުން އައްޒަބުނީ އަސްލު އެކުދިންނާއެކު ޓިކްޓޮކް ކުޅުމަށް ބޭނުން ނުވަނީ ނޫން ކަމަށާއި، އެކަމަށް ބޭނުންވާ ޓައިމް ނުލިބޭތީ އެކަން ނުވަނީ ކަމަށެވެ. އެހެން ނަމަވެސް ކުރިއަށް އޮތްތާގައި ވަގުތުވީ ވަރަކަށް އެކުދިންނާއެކު ޓިކްޓޮކުން ފެންނާނެ ކަމަށް އައްޒަ ބުންޏެވެ.

ކޮވިޑް އާއި ގުޅިގެން ފިލްމް އިންޑަސްޓްރީގެ ގިނަ މަސައްކަތްތެކެއް ހުއްޓިގެން ގޮސްފައިވާއިރު، ސަޕޯޓަރުންނަށް އުފާވެރި ހަބަރެއް ދެމުން އައްޒަ ބުނީ، ސަޕޯޓަރުންނާއި ހަމައަށް ގިނަ ޕްރޮޖެކްޓް ތަކެއް އަންނަން އެބަހުރި ކަމަށާއި، ކޮވިޑްގެ ކަންތައް ހަމަޔަކަށް އެޅުމުން ވަރަށް އަވަހަށް ބައިސްކޯފްގެ ކާމިޔާބު ވެބް ސީރީސް "ހުވާ-2" ޝޫޓިންގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އައިސް ޓީވީ އިން ގެނެސްދެމުން އަންނަ "އަޒޯނާ" ސީޒަން 3 ގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް އައްޒަ ބުންޏެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ