ކައުންސިލްގެ އިދާރާތަކުގެ އިދާރީ އޮނިގަނޑުގައި ހުރި ހުސް މަޤާމުތަކަށް މުވައްޒަފުން ނެގުމާއި، އިދާރާތަކަށް އައު މަޤާމު އުފައްދައިދިނުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް އަންގާފައިވާ އެންގުން ނިމުމަކަށް ގެނެސް މަޤާމުތަކަށް މުވައްޒިފުން ނެގުމުގެ ހުއްދ ކަައުންސިލުތަކަށް އަލުންދީފިއެވެ.
ސިވިލް ސާރވިސް ކޮމިޝަނުން ވިދާޅުވީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހޯދަންޖެހޭ ހުއްދައާއި މާލިއްޔަތާބެހޭ ސަރކިއުލަރގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސުން ހޯދަންޖެހޭ ހުއްދަ ހޯދުމަށް ފަހު، ކައުންސިލްގެ އިދާރާތަކުގެ މަޤާމުތަކަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި ޢުޞޫލުތައް" އާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށް ކައުންސިލުތަކަށް އަންގާފައިވާކަމަށެވެ.
ކައުންސިލްގެ އިދާރާތަކުގެ އިދާރީ އޮނިގަނޑުގައިވާ ހުސް މަޤާމުތަކަށް މުވައްޒަފުން ނެގުން ވަގުތީގޮތުން މަޑުޖައްސާލާފައި ވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހުގައެވެ.
								
											

