ބީއެމްއެލްގެ ފަރާތުން އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަ ކުރުމަށް ހާއްސަ ހަރަކާތެއް

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަހާއި ދިމާކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފަރާތުން އުމުރުން ދުވަސްވީ ފަރާތްތަކަށް ހާއްސަ ހަރަކާތެއް ހިނގައިފިއެވެ.

ބީއެމްއެލް އިން މި ހަރަކާތުގެ މައުލޫމާތު ހިއްސާ ކުރަމުން ބުނެފައިވަނީ، އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަ ރަށެއްގައި މާލީ ދާއިރާއަށް ހޭލުންތެރިކުރުމުގެ ބައްދަލުވުންތައް އުމުރުން ދުވަސްވީ މީހުންނަށް މިއަދު ހިނގައިފައިވާނެ ކަމަށެވެ.

ބީއެމްއެލް އިން އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ބައްދަލުވުން ބާއްވާފައި ވަނީ ޅ. ނައިފަރު، ށ. ފުނަދޫ، އއ. ރަސްދޫ، ތ. ގުރައިދޫ، ގދ. ތިނަދޫ އަދި ސ. ހުޅުމީދޫގަ އެވެ.

ބީއެމްއެލް އިން މިއަދު ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން | ފޮޓޯ: ބީއެމްއެލް

"މިއަދު ބޭއްވި ސެޝަންތަކުގައި ބޭންކާއި ބެހޭ މައުލޫމާތު ހޯދޭނެ ގޮތްތަކާއި ރައްކާތެރި ގޮތުގައި އޮންލައިން ބޭންކިންގ ބޭނުންކުރުމާ ގުޅޭ މައުލޫމާތު ދެވުނު. އަދި އޮންލައިންކޮށް ޚިދުމަތްތައް ހޯދުމުގައި ސަމާލުވާން ޖެހޭ މުހިންމު ކަންކަންވެސް ފާހަގަކުރެވުނު" ބީއެމްއެލް އިން ވިދާޅުވިއެވެ.

މީގެއިތުރުން، އޮޅުވާލައިގެން ފައިސާ ހޯދުމަށާއި ކާޑުގެ މައުލޫމާތު ހޯދަންކުރާ މަސައްކަތްތަކަށް ސަމާލުވެ ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކާ ގުޅޭ މައުލޫމާތުވެސް ބައިވެރިންނާއި ހިއްސާ ކޮށްފައިވާނެ ކަމަށް ބީއެމްއެލް އިން ވިދާޅުވިއެވެ.

ބީއެމްއެލް އިން ބުނީ އެ ބައްދަލުވުމުގައި އެކި ރަށްތަކުން 300 ބައިވެރިން ބައިވެރިވި ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ