ކުއްވެރިންނާއި މެދު އޮންނަ މިންގަނޑުގެ ތެރެއިން އަމަލު ކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އިލްތިމާސް ކުރައްވައިފިއެވެ.
ސީޕީ ހަމީދު ފުލުހުންނަށް އިލްތިމާސް ކުރައްވާފައިވަނީ ރައްޔިތުންގެ ތެރެއިން ކުށްތަކަށް އަރައިގަންނަ އަދި އަނިޔާވެރިކޮށް ކަންތައް ކުރާ ފަރާތްތަކާއި ދޭތެރޭވެސް ފުލުހުން ފިޔަވަޅު އެޅުމުގައި އޮންނަ މިންގަނޑުތަކާއި އުސޫލުތަކުގެ ތެރެއިންވެސް އަޅަން ޖެހޭ ފިޔަފަޅު އެޅުމަށެވެ.
"ޙާއްސަ ގޮތެއްގައި ފޯސް ޔޫސް ކުރުމުގައި އެ އަމަލުކުރަންޖެހޭ މިންގަނޑުތަކާއި އެއްގޮތަށް އަމަލުކުރުން އެއީ އަޅުގަނޑު ކުރާ އިލްތިމާސް އެއް" ސީޕީ ހަމީދު ވިދާޅުވިއެެ.
"އިންޓަރނޭޝަނަލް ޑޭ އޮފް ނޮން-ވަޔަލަންސް ފާހަގަ ކުރަމުންދާއިރު އަޅުގަނޑުގެ އިލްތިމާސް އަކީ ހުރިހާ ފަރާތްތަކުންވެސް އަނިޔާއާ ދުރުވުން" ކަމަށް ސީޕީ ވިދާޅުވިއެވެ
ފުލުހުންގެ ވާޖިބުތައް އަދާކުރުމަށް މުޖުތަމަޢު ތެރޭގައި ހަރަކާތްތެރިވަމުން އަންނަ ފުލުހުންނަށްވެސް އެކިފަހަރު އެކުވަރު ވަރަުގެ އަނިޔާ ލިބެމުންދާ ކަމަށާއި އެފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް ސީޕީ ހަމީދު ވަނީ އިލްތިމާސް ކުރައްވާފައެވެ