ށ. ބިލެއްފަހި އައު އިންޖީނުގެ އިމާރާތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިފައިވާކަމަށް ފެނެކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.
ފެނަކައިން ވިދާޅުވީ، ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދުވަސްވީ އިންޖީނުގެތައް ޒަމާނީ ވަސީލަތްތަކާއެކު އެކަހެރި ސަރަހައްދުތަކަށް ބަދަލުކޮށް ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން، ށ. ބިލެއްފަހި އައު އިންޖީނުގެ އިމާރާތް ކުރުމުގެ މަޝްރޫޢުގެ %100 މަސައްކަތް ވަނީ ނިމިފައިކަމަށެވެ.
ބިލެއްފަހީގެ އާ އިންޖީނުގެއަކީ، 2017 ވަނަ އަހަރު އެ ރަށު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އިންޖީނުގެ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވުމުން، އާ އިންޖީނުގެއަކަށް ބަދަލުކުރުމަށް އޭރުގެ ސަރުކާރުން ފަށައިފައިވާ މަސައްކަތެކެވެ.
ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދުވަސްވީ އިންޖީނުގެތައް ޒަމާނީ ވަސީލަތްތަކާއެކު އެކަހެރި ސަރަހައްދުތަކަށް ބަދަލުކޮށް ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން، ށ. ބިލެއްފަހި އައު އިންޖީނުގެ އިމާރާތް ކުރުމުގެ މަޝްރޫޢުގެ %100 މަސައްކަތް ވަނީ ކުރެވިފަ. #ޓީމްފެނަކަ pic.twitter.com/Wc9G0kfAGM
— Fenaka Corporation Ltd (@TeamFenaka) November 16, 2020
ނަމަވެސް މި މަސައްކަތް ލަސްވެފައިވަނީ ދިމާވި ތަފާތު މައްސަލަތަކާއި ގުޅިގެންކަމަށް ބާރަށު ކައުންސިލުގެ ރައީސް މި ނޫހަށް ވިދާޅުވިއެވެ. އަދި އިންޖީނުގެ މަސައްކަތް މިއަހަރު ނިއްމާ، އާ އިންޖީނުގެ ބޭނުންކުރެވޭވަރުވީ މި މަހުގެ އޯގަސްޓު މަހުގައިކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.