ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހް އަދި ޑރ. ޖަމީލް - ފޮޓޯ: ރާއްޖެއެމްވީ

މި ސަރުކާރަށް އިންސާފުގެ ޒައްރެއްގެ މިންވަރުވެސް ޤާއިމެއް ނުކޮށްދެވޭނެ - ޑރ. ޖަމީލް

މި ސަރުކާރަށް އިންސާފުގެ ޒައްރެއްގެ މިންވަރުވެސް ޤާއިމްކޮށް ނުދެވޭނެ ކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވެފައި މިވަނީ މި ދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ކައިރީގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައާއި ގުޅިގެންނެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރު ކުރި މީހުން ދޫކޮށްލާފައިވާއިރު، އެމީހުންގެ ޝިކާރައަކަށްވި އަންހެން މީހާ ވަނީ މީޑިއާއަށް އިންޓަވިއުވެސް ދީފައެވެ. އަންހެން މީހާ ބުނެފައިވާ ގޮތުގައި އެމައްސަލާގައި ހައްޔަރު ކުރި މީހުން ހައްޔަރު ކޮށްފައިވަނީ ކުށުގެވެށިންނެވެ.

މި މައްސަލައާއި ގުޅިގެން މީޑިއާތަކުން ފުލުހުންނަށް ގިނަ ސުވާލުތަކެއް ކުރަމުންދާއިރު، ސޯޝަލް މީޑިއާގައިވެސް ދަނީ މިކަމުގެ ކަންބޮޑުވުން ފާޅުކޮށް އެމީހުން ދޫކޮށްލި ގޮތާމެދު ސުވާލު އުފައްދަމުންނެވެ.

ޑރ. ޖަމީލް ވިދާޅުވެފައިވަނީ މިސަރުކާރަށް އިންސާފްގެ ޒައްރެއްގެ މިންވަރުވެސް ޤާއިމްކޮށް ނުދެވޭނެކަމަށާއި، ސަރުކާރަށް ރައްކާތެެރިކޮށްދެވެނީ ޕާޓީގެ ބޮޑުންގެ މަޞްލަޙަތު އެކަނިކަމަށެވެ. "ރޭޕްކުރިޔަސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރިޔަސް ޕާޓީ މީހަކަށް ވީތީ ވަކި ގޮތެއް. މިއަށް ކިޔަނީ ޖަންގަލީގެ ޤާނޫނު. މިދަނީ ބޮޑުތަނުން ބޭޒާރުވަމުން" ޖަމީލް ވިދާޅުވެފައިވެއެވެ.

ބިދޭސީ އަންހެން މީހާގެ ރޭޕްގެ މައްސަލާގައި ޝާމިލުވަނީ ސަރުކާރުގެ އިސް ފަރާތްތަކާއި ގުޅުން އޮންނަ ދެ މީހުން ކަމަށް މީސްމީޑިއާގައި ދަނީ ވާހަކަ ދެކެވެމުންނެވެ. ނަމަވެސް ރަސްމީ ފަރާތަކުން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ