އަލީ ވަހީދުގެ މައްސަލައާ ގުޅިގެން އިލެކްޓްރޯނިކް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ހެކި ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ޖިންސީ ގޯނާގެ ތުހުމަތުގައި މަގާމުން ދުރުކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދިރިއުޅުއްވާގެ، މ. ފުރަހަނި ވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ބަލައިފާސްކޮށްފައެވެ.
މައުލޫމާތު ލިބޭގޮތުގައި، އެ ގެ ބަލާފާސްކުރުމުގެ ތެރެއިން، އަލީ ވަހީދުގެ ފޯނާއި ލެޕްޓޮޕް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެއެވެ.
މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ޖެންޑަރ މިނިސްޓްރީ އަށް ހުށަހަޅާފައެވެ. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ، މަޤާމުން އިސްތިއުފާ ދިނުމަށް ޢަލީ ވަޙީދު އަށް އަންގަވާ، އަމިއްލަ ފުޅަށް އިސްތިއުފާ ނުދެއްވުމުން، މިނިސްޓަރުގެ މަޤާމުން އަލި ވަހީދު ވަކިކޮށްފައެވެ.