70،000 ވުރެ ގިނަ މީހުންނަށް ކޮވިޑް ވެކްސިން ދީފި

ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް ރާއްޖޭގައި ދޭންފަށައިފައިވާ ކޮވިޑް-19ގެ ވެކްސިން މިހާތަނަށް 70،000 ވުރެ ގިނަ މީހުންނަށް ދީފިއެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެކްސިން ދިނުމުގެ ޕްރޮގުރާމުގެ އެންމެފަހުގެ މައުލޫމާތު ހާމަކުރަމުން މިރޭ ވިދާޅުވީ، މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިއަދުގެ މިހާތަނަށް 70،009 މީހުންނަށް ކޮވިޑް ވެކްސިން ދީފައިވާ ކަމަށެވެ.

މި 70،009 މީހުންގެ ތެރޭގައި ހިމެނެނީ މާލޭ އޭރިއާއިން ވެކްސިން ދިން 53،669 މީހުންނާއި އަތޮޅުތެރޭ ރައްތަކުން ވެކްސިން ދިން 16،340 މީހުންނެވެ.

މިއަދު ވެކްސިން ދިން މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަދު އެކަނިވެސްވަނީ 5،283 މީހުންނަށް ވެކްސިން ދީފައި ވެއެވެ. މީގެތެރޭގައި ހިމެނެނީ މާލޭ އޭރިއާއިން ވެކްސިން ދިން 3،755 މީހުންނާއި އަތޮޅުތެރޭ ރައްތަކުން ވެކްސިން ދިން 1،528 މީހުންނެވެ.

ވެކްސިން ދިނުމުގެ ޕްރޮގުރާމު ފަށައިފައި ވީނަމަވެސް އަމިއްލަ ސާފުތާހިރުކަމަށާއި، އިޖުތިމާއީ ގައިދުރުކަމަށާއި، އަދި ބޭރުތެރެއަށް ނިކުމެ އުޅުން މަދުކުރުންފަދަ ކޮވިޑް-19 ފެތުރުން މަދުކުރެވޭނެ އެންމެހާ ކަންކަމަކަށް ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ