ރާއްޖޭގެ މަޝްހޫރު ފެޝަން ޑިޒައިނަރ އަދި ނެށުންތެރިޔާ ޖާދުﷲ އިސްމާއިލް، އާ އަހަރާ ދިމާކޮށް ފޭނުންނަށް ގެނެސްދިން ލަވަ "ތިޔަ ސޫރަ" ރިލީޒްކޮށްފިއެވެ. ތުރުކީވިލާތުގެ ހިތްގައިމު އެތައް މަންޒަރެއް ފެނިގެންދާ މި ލަވަ ވަރަށްވެސް ފުރިހަމައެވެ.
މީގެ ކުރިން ވެސް ހިތްގައިމު ވީޑިއޯ ލަވަތަކެއް ގެނެސްދީފައިވާ ޖާދުﷲ ޕްރޮޑިއުސްކޮށް ކުޅެފައިވާ މި ލަވައިގައި ފެނިގެންދިޔަ އަންހެން އެކްޓްރެސް އަކީ ކުރިއަރަމުން އަންނަ ފާތިމަތު ޝަރާ އެވެ. މިއީ ބައިސްކޯފުގެ "އެހެނަސް" ސީރީޒް އިން މަޤުބޫލުކަން ހޯދި ޝަރާ ގެ ފުރަތަމަ ވީޑިއޯ ލަވައެވެ.
އާ އަހަރުގެ ފުރަތަމަ ދުވަހަށް ފޭނުންނަށް ދޭ ހަދިޔާއެއްގެ ގޮތުން "ތިޔަ ސޫރަ" ގެނެސްދޭކަން އިއުލާންކޮށް، ލަވައިގެ ޓީޒާއެއް ދައްކާލި ހިސާބުން ގިނަ ބަޔަކު ވަނީ މި ލަވައަށް އިންތިޒާރުކޮށްފައެވެ. ފޭނުންނަށް މި ލަވަ ކަމުދިޔަ އެންމެ ބޮޑު އެއް ސަބަބަކީ މި ލަވަ ތުރުކީވިލާތުގައި ޝޫޓު ކޮށްފައިވުމެވެ.
ތުރުކީވިލާތުގެ ހިތްގައިމު އެތައް މަންޒަރެއް ފެނިގެންދާ މި ލަވަ، އިތުރަށް ފުރިހަމަވެގެންދިޔައީ މި ލަވައިގެ މިއުޒިކާއި ލިރިކްސް އިންނެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ) މެލޮޑީ ހަދައި އޭނަ އާއި އައިޝަތު ޖޫނީ ޖިނާހުގެ އަޑުން ކިޔާފައިވާ ލަވައިގެ މިއުޒިކް ހެދީ ހުސައިން ތައުފީގެވެ.
ތުރުކީގެ ރީތި އެތައް މަންޒިލުތަކެއްގައި ޝޫޓު ކޮށްފައިވާ މި ލަވައިން ދެން އެންމެ ފާހަގަވެގެންދިޔައީ، ލަވައިގައި ޝަރާ ލައިފައިވާ ރީތި ހެދުންތަކެވެ. މި ލަވައިން ފެނިގެންދިޔަ ގިނަ އަދަދެއްގެ ހެދުންތަކަކީ ޖާދުގެ ހިތްގައިމު ޑިޒައިންތަކެވެ. ޖާދު އަކީ އަބަދުވެސް އޭނަގެ އަމިއްލަ ލަވަތަކުގައި އޭނަގެ ޑިޒައިންތައް ބޭނުންކުރާ ފަންނާނެކެވެ.
ތިން ދުވަހުން ޝޫޓުކޮށް ނިއްމާލައިފައިވާ މި ލަވައިގައި ސިނަމޮޓޮގްރަފީ ހެދީ ވިޝާލް ޢާމިރުގެ މަސައްކަތަށް ތައުރީފު ހައްގެވެ. މި ލަވައިގެ ޓެކްނިކަލް މަސައްކަތް ކޮށްފައިވާ ’ވޭރިއަސް އާރޓްސް ސްޓޫޑިއޯ" ގެ މަސައްކަތްވެސް ވަރަށް ފުރިހަމައެވެ. ލަވައިގެ ވީޑިއޯ ޑައިރެކްޝަން ހެދީ ޙަސަން އާދަމެވެ.





6 Responses
ސްޓޯރީ އަކީ ކޮބާ؟ މި ވީޑިއޯއިން ވާނުވާއެއް ނޭނގެ. ތުރުކީ ޕުރޮމޯޓް ކޮއްލީ ދޯ؟
އާސޯކުގެ މާނަ ލިޔުންތެރިޔާއަށް އެގޭބާ؟ އެންމެ ތިންދުވަހުން މޮޅު އެއްޗެއް ހެދޭނެތަ؟ ލަވައައަށް ޖާދު ނުގުޅޭ، އޭނއާއި ގުޅޭނީ މަސްތުގެ އަވާގައިޖެހި ހަލާކުވެފައިވާ މީހެއްގެ ބަޔަކާއެވެ. މިލަވައަކާއި އޭނައަކާ ނުގުޅެއެވެ. މީހާގެ ފިރިހެންވަންތަ ކަން ކުޑަވުމާއި ލޯރަތްވެފަ ހުރުން ކަހަލަ ކަންކަމެވެ.
ވަރަށް މޮޅު ރީތި އަދި އެހާމެ ފުރިހަމަ ލަވައެއް… ސާބަހޭ ޖާދުﷲ އަދި ޝަރާ… ޝަރާ އަކީ ވަރަށް ކުލަދާނަ ވަރަށް ފުރިހަމަ އެކްޓަރެސްކަން ޝަރާގެ ފުރަތަމަ ލަވައިންވެސް އެނގިގެން ގޮއްސި.. ހަމަ ބުނެލާނީ ސާބަހޭ
ތީގަ އުޅޭ މީހުންނާ ލަވަޔާ، މަންޒަރާ ދިމާވަނީއެއް ނޫން… ލޮކޭޝަންތައް ގިނަ ކަމުން ހީވަނީ ތުރުކީން ލާރި ދީގެން އިޝްތިހާރެއް ކުރަން އުޅޭހެން
ހެޔޮވާނީކިހިނެއް!!! ރީއްޗޯ …. ހަޔާތުން އިތުރު ވަގުތުކޮޅެއް ބޭކާރުވީ…
ކަލޭމެން ތިބެބަލަ އާޝޯހުވެގެން،، ބޮޑު ކަމެކޭ