އަލިފާން ރޯވެ އަރިއަޅާލި އިމާރާތް - ފޮޓޯ: ވަގުތު

އަލިފާނުގެ ހާދިސާ: އެކަކު ނިޔާވެ ހަތް އިމާރާތް އަނދާ ހުލިވެއްޖެ

މާލޭ ގެއެއްގައި ރޯވެ ވަރަށް ބޮޑަށް އަނދަމުން އެބަދެއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެެންޑީއެފް) އިން ވިދާޅުވީ، އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

ހ.ފެހިއާބާދުގޭގައި ރޯވެ އަނދަނީ - ފޮޓޯ: އެމްއެންޑީއެފް

އަލިފާން ރޯވިތަން މުޅިން ސާފުވެފައި ނުވި ނަމަވެސް އެމްއެންޑީއެފް އިން ވިދާޅުވީ، އަލިފާން ރޯވެފައިވަނީ އަބަަދަށްފެހި މަގުގައި ހުރި ތަނެއްގައި ކަމަށެވެ.

ހ.ފެހިއާބާދުގޭގައި ރޯވެ އަނދަނީ - ފޮޓޯ: ޕޮލިސް

ހ.ފެހިއާބާދުގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ނުވާއިރު، ވަރަށް ގަދަޔަށް ދަނީ އަނދަމުންނެވެ.

ފުލުހުން ވިދާޅުވީ، ހ.އޮފްރޯޑް ކައިރީ ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް 07:25 ގައި ލިބުމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

ހ.ފެހިއާބާދުގޭގައި ރޯވެ އަނދަނީ - ފޮޓޯ: މީސްމީޑީއާ

އަލިފާން ރޯވި ސަރަހައްދުގައި ހުރި ގެތަކުން ގިނަ ބަޔަކު ހުސްކުރަމުންދާއިރު، ގިނަ ބަޔަކު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

ވެލާނާ އެއާޕޯޓުން އަލިފާން ނިއްވާ ސާމާނު މާލެއަށް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، އަލިފާން ރޯވި ސަރަހައްދަށް ގިނަ ބަޔަކު ދަނީ ޖަމާވަމުންނެވެ.

އަލިފާން ރޯވި އިމާރާތް ހުރި ސަރަޙައްދަށް އާންމުން ޖަމާ ނުވުމަށާއި، އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހުރަސް ނޭޅޭގޮތަށް ތިބުމަށް ނޭޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

ހ.ފެހިއާބާދުގޭގައި ރޯވެ އަނދަނީ - ފޮޓޯ: މީސްމީޑިއާ

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ ކެމިކަލް ގުދަނެއްގައެވެ. އެ އިމާރާތުން އަދިވެސް ބާރުގަދަ ގޮވުންތަކުގެ އަޑު އިވޭއިރު، އެއާޕޯޓުން އަލިފާން ނިއްވާ ވެހިކަލްތަކެއް ވަނީ އެސަރަހައްދަށް ގެނެސްފައެވެ.

ފުލުހުން މިހާރު ދަނީ އެސަރަހައްދުގައި ހުރި އަލިފާން ރޯވެދާނެ ފަދަ ތަކެތި ހުސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އޮކްސިޖަން ފުޅިތަކެއް ފުލުހުން ދަނީ ބޭރުކުރަމުންނެވެ.

ފުލުހުންނާއި ޢާއްމުން ހަރަކާތްތެރިވަނީ - ފޮޓޯ: ވަގުތު

20:20 - އަލިފާންގަނޑު ހަތަރު އިމާރާތަކަށް ފެތުރިފައިވާއިރު، އެއް އިމާރާތުގެ ފާހަނާއެއްގައި ދެމައިން ތާށިވެފައި ތިބިކަމުގެ މަޢުލޫމާތު ލިބިފައިވާއިރު، އެ ދެމައިން ސަލާމަތް ކުރުމުގެ މަސައްކަތް ބޮޑު ވެހިކަލެއްގެ އެހީގައި ދަނީ ކުރަމުންނެވެ.

20:24 - އަލިފާނުގެ އަސަރުކޮށް ފައިވާ ގެތަކުގެ މީހުންނަށް ވަގުތީ ތަނެއްގެ ގޮތުގައި ކަލާފާނު ސްކޫލް ހަމަޖައްސާފައިވާއިރު، އެހީތެރިކަން ބޭނުންވާ އާއިލާތަކުން އެ ސްކޫލަށް ދިޔުމަށް ޑިސާސްޓާ މެނޭޖްމަންޓް ސެންޓަރުން ވަނީ އެދިފައެވެ.

20:26 - އެމްއެންޑީއެފް އިން ވިދާޅުވީ، އަލިފާންގަނޑު ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް.

ހ.ފެހިއާބާދުގޭގައި ރޯވެ އަނދަނީ - ފޮޓޯ: އެމްއެންޑީއެފް

20:35 - ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ދުމުގެ އަސަރު ކުރާ ހިސާބުތަކުގެ ގޭގޭގައި، ގޭތެރެޔަށް ދުން ނުނަވަންނަހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުން މުހިންމު ކަމަށާއި، ހާއްސަކޮށް ނޭވާލާ ނިޒާމުގެ ބަލިތަށް ހުންނަ ފަރާތްތަކާއި، ހިތުގެ ބަލިތަށް ހުންނަ ފަރާތްތަކަށް ދުމުގެ އަސަރު ކުރުމުން ނުރައްކާތެރިވުމަށް އިލްތިމާސް ކުރައްވާ ކަމަށް.

20:38 - އޭޑީކޭ ހޮސްޕިޓަލްގެ އެމްޑީ ވިދާޅުވީ، އަލިފާނުގެ ހާދިސާގައި ފަރުވާ ބޭނުންވާ ފަރާތްތަކަށް ފަރުވާ ދިނުމަށް އެ ހޮސްޕިޓަލް އޮތީ ތައްޔާރީ ހާލަތުގައި ފުރިހަމައަށް ތައްޔާރުވެ ކަމަށް.

20:45 - ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް އެހީތެރިވުމަށްޓަކައި އެ މިނިސްޓްރީގެ ސޯޝަލް ވޯކަރުން އޭޑީކޭ ހޮސްޕިޓަލް އަދި ކަލާފާނު ސްކޫލްގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، ހޮޓްލައިން 1412 އިން ގުޅޭނެ ކަމަށް.

20:49 - 16 އަހަރުގެ ފިރެހެން ކުއްޖެއް ވީނުވީއެއް ނޭންގިވަނީ ގެއްލިފައިވާކަމަށް ވަނީ މަޢުލޫމާތު ލިބިފައި.

20:55 - އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވޭ.

20:57 - އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ބޭކަލަކު ހާލުދެރަވެގެން އޭޑީކޭގައި ފަރުވާދޭން ފަށައިފި.

20:59 - އޭޑީކޭ މެނޭޖިންގ ޑިރެކްޓަރ އައްފާލް ވިދާޅުވީ، އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނީ ކިހާ މީހުންނަކަށް ކަން ދަންނާވަލަން ދަތި ކަމަށާއި، ފަހުން އެ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށެވެ.

21:00 - އަލިފާން ރޯވި އިމާރާތުގެ މަތީ ބައި ޖެހިގެން ހުރި އިމާރާތުގެ މައްޗަށް ވަނީ ވެއްޓިފައި. އެއާއެކު އަލިފާންގަނޑު އިތުރަށް ބޮޑުވި މަންޒަރު އެސަރަހައްދުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ފެނިފައިވޭ.

https://twitter.com/RaajjeTVLive/status/1175078968128499712

21:07 - ކެމިކަލް ހުރި އިމާރާތެއް ކަމުން، އަލިފާން ރޯވި ސަރަހައްދުގައި ކެމިކަލްގެ ވަސް ވަރަށް ގަދަޔަށް ވަނީ ފެތުރިފައި.

21:15 - އަލިފާން ރޯވެފައިވާ އިމާރާތުގައި ތާށިވެފައި ތިބި ދެމައިން ނެރެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފި. އެގެއިން ނެރެފައިވަނީ އަންހެނަކާއި ކުޑަ ފިރިހެން ކުއްޖެއް.

އަލިފާން ރޯވެ އަރިއަޅާލި އިމާރާތް - ފޮޓޯ: ވަގުތު

21:22 - ޑިފެންސް މިނިސްޓަރ ވަނީ އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް އަދި ދުމުގެ އަސަރުކޮށްގެން މީހުން އެޑްމިޓްކޮށްފައިވާ އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންފައި.

ޑިފެންސް މިނިސްޓަރ އޭޑީކޭއަށް ވަޑައިގަންނަވަނީ - ފޮޓޯ: އަވަސް

21:35 - އަލިފާން ރޯވެފައިވާ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމަށް ފުލުހުން އަންގައިފި.

21:40 - އިމާރާތުގައި ތާށިވެފައިވާ ހުރިހާ ފަރާތްތައް ސަލާމަތް ކުރެވިފައިވާކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ދާދިދެންމެއަކު ވަނީ ވިދާޅުވެފައި.

22:11 - ޓްރީ ޓޮޕް ހޮސްޕިޓަލުގެ އީ.އާރު، އައި.ސީ.ޔޫ، އެމްބިއުލަންސް އަދި އެހެނިހެން ހިދުމަތްތައް ތައްޔާރީ ހާލަތަށް ގެނެސްފި.

22:15 - އަލިފާނުގެ ހާދިސާ ހިނގި ކެމިކަލް ގުދަނުން މިހާރު ވަނީ އަލިފާން ނިވާލާފައި.

22:20 - ނައިބު ރައީސް އޭޑީކޭއަށް ވަޑައިގެންފި

22:29 - ކަލާފާނު ސުކޫލުގައި ތިބި އާއިލާތަކަށް، ބްލޭންކެޓް ބެޑްޝީޓް، ބޯފެން އަދި ކާތަކެތީގެ އިތުރުން ކުޑަކުދިންނަށް ނެޕީ އަދި ލާން ހެދުން ފަދަ ތަކެތި ބޭނުންވާތީ އެހީތެރިކަން ފޯރުކޮށްދެވޭ މީހުން ކޮށްދިނުމަށް ދަނީ އިލްތިމާސް ކުރަމުން

އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތަކުން 7449656 ނުވަތަ 9976766 ގުޅުވުމަށް ވަނީ އިލްތިމާސްކޮށްފައި

22:39 - އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަންނަވައިފި.

22:59 - ކަލާފާނު ސްކޫލަށް އާންމުންގެ ގިނަ ބަޔަކު ދަނީ އެހީގެ ތަކެތި ފޯރުކޮށްދެމުން.

23:03 - މިހާތަނަށް އަލިފާނުގެ އަސަރުކޮށްފައިވަނީ 7 އިމާރާތަކަށް ކަމަށް އެމްއެންޑީއެފް އިން ބުނެފި.

23:04 - އަލިފާން އިތުރަށް ފެތުރިފައިވާ ތަންތަނުން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކޮށްފި.

23:19 - ރޯވި އަލިފާނުގެ 90 އިންސައްތަ ކޮންޓްރޯލް ކޮށްފި.

23:23 - ސަލާމަތީ ސަބަބުތަކަށްޓަކައި ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑާލައިފި.

00:31 - އަލިފާނުގެ ހާދިސާއާއި ގުޅިގެން މިހާތަނަށްވަނީ އެކަކު ނިޔާވެފައި.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ