މިއަދު ހަވީރު މާލޭގެ ދެ ސަރަހައްދެއްގައި އަލިފާނުގެ ދެ ހާދިސާއެއް ހިނގުމާއެކު، ގެއްލުމެއް ނުލިބި އެ ދެ ހާދިސާއިން ސަލާމަތްވެއްޖެއެވެ.
ފުރަތަމަ ހާދިސާ ހިނގާފައިވަނީ މިއަދު 16:51 އެހާކަންހާއިރު އެޕޯލޯ ހާޑްވެއަރ ކުރިމަތީ ވެމްކޯ ވެލިކަލްއެއްގައެވެ. ފުލުހުން ވިދާޅުވެފައިވަނީ އެ ވެހިކަލް ތަރެއިން ދުންއަރާތީ ފުލުހުންނަށް މަޢުލޫމާތު ލިބިގެން ފުލުހުން ދިޔައިރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ވާކަމަށެވެ. އަދި މި ހާދިސާގައި ރޯވެފައިވަނީ ކުނިލޮރީތެރޭގައި ހުރި ކުނިތަކެއްގައި ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ދެވަނަ ހާދިސާ ހިނގާފައިވަނީ މިއަދު 16:55 ހާކަންހާއިރު އެފްއެސްއެމް ޕެޓްރޯލް ޝެޑްގައި އޮތް ބައުޒަރއެއްގައެވެ. އެ ބައުޒަރުގެ ސައިލެންސަރއިން ދުން އަރަމުންދާކަމަށް ފުލުހުންނަށް މަޢުލޫމާތު ލިބިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި މަޢުލޫމާތު އެމްއެންޑީއެފް ފަޔާއެންޑް ރެސްކިއުއަށްވެސް ދެވިފައި ވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި ބައުޒަރ އިން ދުން އެރުން ވަނީ ހުއްޓުވާފައި ކަމަށާއި މިކަމާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމުގައި އެފަރާތުން ވަނީ ވިދާޅުވެފައެވެ.
މި ފަހަކަށް އައިސް މާލޭގައި އަލިފާނުގެ ނުރައްކާތެރި ހާދިސާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
								
											

