"ގްރީން މޫންކެފޭ" ބަދިގޭގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގައި ސިފައިން ޙަރަކާތްތެރިވަނީ - ފޮޓޯ: އެމްއެންޑީއެފް

ގޭސްފުޅިއެއް ގުޅަން އުޅުމުގެ ތެރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ހޮޓަލެއްގެ ބަދިގޭގައި ގޭސްފުޅިއެއް ގުޅަން އުޅުމުގެ ތެރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ޗާންދަނީ މަގުގައި ހުންނަ ގްރީން މޫން ކެފޭގައި ހިނގި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. އެހެންނަމަވެސް ކެފޭގެ ގޭސްފުޅި ހުސްވެގެން އައު ގޭސްފުޅިއެއް ގުޅަން އުޅުމުގެ ތެރޭގައި ހިނގި މިހާދިސާގައި "ގްރީން މޫންކެފޭ" ބަދިގޭގެ ބައެއް ތަކެއްޗަށް ގެއްލުންވެފައިވާކަމަށްވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ 17:50 ހާއިރުކަމަށާއި، އޭރު، ޕެންޝަން އޮފީހުގެ މުވައްޒިފުންނަށް އަމާޒު ކޮށް އެސަރަހައްދުގައި އެމްއެންޑީއެފްއިން ފަޔާ ޑްރިލްއެއް ކުރިޔަށް ގެންދަމުންދިއުމާއި ގުޅިގެން، އަލިފާނުގެ އެހާދިސާ ހިނގި ވަގުތު ސިފައިން ވަދެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

މިހާދިސާ ހިނގި ވަގުތު ބަދިގޭގައި ތިބީ ދެ ބިދޭސީންކަމަށްވެސް އެމްއެންޑީއެފްއިންވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ