ތެޔޮ ބޯޓުގައި ރޯވީ ލޯންޗަށް ތެޔޮ އެޅުމަށްފަހު ލޯންޗް ނައްޓާލަން އުޅުމުގެ ތެރޭގައި

ހުޅުމާލެ ބަނދަރު ސަރަހައްދުގައި އޮތް ތެޔޮ ބޯޓަކާއި ލޯންޗެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާ ހިނަގަން މެދުވެރިވީ ލޯންޗަށް ތެޔޮ އަޅާ ނިންމުމަށްފަހު ލޯންޗް ނައްޓާލަން އުޅުމުގެ ތެރޭގައި ކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ވިލިމާލެ ބަނދަރު ސަރަހައްދުގައި އޮތް ތެޔޮ ބޯޓަކާއި، ލޯންޗްގައި ހިނގި އަލިފާނުގެ ހާދިސާގެ މަޢުލޫމާތު އެފަރާތަށް ލިބިފައިވަނީ ރޭ 22:40 އެހާކަންހާއިރު ކަމަށެވެ.

މިހާދިސާގައި އެވަގުތު ލޯންޗްގައި ތިބި ދެ ބިދޭސީއަކާއި ތިން ދިވެއްސަކާއި ބޯޓުގައި ހުރި ބިދޭސީއަކަށް އެކިވަރުގެ އަނިޔާ ލިބިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާއި، މީގެ ތެރެއިން ދެ ދިވެއްސަކާއި ބިދޭސީއަކަށް އިތުރު ފަރުވާ ދިނުމަށް އައިޖީއެމްއެޗް އަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދަޅުވީ މިހާދިސާ ހިނގަން މެދުވެރިވެފައިވާކަމަށް ބެލެވެނީ ވިލިމާލެ ބަނދަރު ދަރަހައްދުގައި އޮތް ތެޔޮ ބޯޓުން ލޯންޗަށް ތެޔޮ އަޅާ ނިންމުމަށްފަހު ލޯންޗް ނައްޓާލަން އުޅުމުގެ ތެރޭގައި ކަމަށާއި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންކަމަށެވެ.

ރޯވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ ކުރީގެ މެންބަރު ރިޔާޒު ރަޝީދުގެ މެރީޑިއަމް ކުންފުނީގެ ތެޔޮބޯޓެއްގައެވެ. މިހާދިސާގައި ލިބުނު ގެންލުމުގެ ތަފްޞީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މިފަދަ ހާދިސާތަކުން ރައްކާތެރިވެ ތިބުމަށް ހުރިހާ އުޅަނދުފަހަރަކުންވެސް އެކަން ކުރުމަށް އޮންނަ ޤަވާއިދާއި އުޞުލުގެ ތެރެއިން ރައްކާތެރިކަމަށް ސަމާލުކަންދީގެން ތެޔޮ އެޅުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ