ޔޮޓެއްގައި އަލިފާން ރޯވެ އަނދަނީ

ރާއްޖޭގައި އޮތް ބޭރުގެ ޔޮޓެއްގައި އަލިފާން ރޯވެއްޖެއެެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެދް) އިން ވިދާޅުވީ، ރޭ ފަތިހު 05:42 ހާއިިރު ލިބުނު ރިޕޯޓަކާއި ގުޅިގެން ކ. ތުލުސްދޫ ކައިރީ އޮންނަ ކުޑަ ކުޑަ ވިލިގިނލި ފަޅުތެރޭ އޮތް ބޭރުގެ ޔޮޓެއްގައި އަލިފާ ރޯވެގެން އެމްއެންޑީއެފް ފަޔާރ އެންޑް ރެސްކިއު ޓީމު ޙަރަކާތްތެރިވަމުންދާކަމަށެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، ޔޮޓުގައި އަލިފާން ރޯވިއިރު، އޭގައި 3 މީހަކު ހުރިކަމަށާއި، އަދި އެއިގެން އެއްވެސް މީހަކަށް ސީރިއަށް އަނިޔާއެއް ލިބިފައިނުވާކަމަށެވެ.

މީގެއިތުރުން އެމްއެންޑީއެފްއިން ވިދާޅުވީ، އަލިފާނުގެ ހާދިސާގައި ހިނގާފައިވަނީ "ވެރިޓާ" ނަމަކަށްކިޔާ އޮސްޓްރޭލިއާގެ ޔޮޓެއްގައިކަމަށާއި، ހާދިސާ ހިނގިއިރު ޔޮޓުގައި ތިބީ 3 ފިރިހެނުންކަމަށެވެ. އަދި އެވަގުތު މި 3 މީހުންވެސްވަނީ އެސަރަޙައްދުގައި އޮތް އެހެން ސަފާރީއަކަށް ނަގާފައެވެ.

މިތިން މީހުންވެސް މިހާރުވަނީ ތުލުސްދޫ ސިއްޙީ މަރުކަޒަށް ގެންދެވިފައެވެ.

ޔޮޓުގައި ރޯވެފައިވާ އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފްއާއި ފުލުހުންގެ އިތުރުން އާންމު ރައްޔިތުން ގުޅިގެން ދަނީ ކުރަމުންނެވެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ