މަޑަވެލީ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ގދ. މަޑަވެލީ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އަލިފާން ރޯވެފައިވަނީ މަޑަވެލީ، ނާރެސް ނަމަކަށް ކިޔާ ގެއެއްގައެވެ. އަލިފާން ރޯވުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ، ގދ. ތިނަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ވަނީ ހަރަކާތްތެރިވެފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާ، ގދ.ތިނަދޫ ފަޔަރ ސްޓޭޝަނަށް ލިބުނީ މިއަދު ހެނދުނު 08:20 ހާއިރުކަމަށާއި، ހާދިސާގެ ރިޕޯޓް ލިބުމާ އެކު، ގދ.ތިނަދޫން ފުރައިގެން ފަޔަރމަނުން ވަނީ ގދ. މަޑަވެއްޔަށް މިއަދު ހެނދުނު 08:47 ހާއިރު ގޮސްފައިކަމަށެވެ. ފަޔަރމަނުން ދިޔައިރު، އެގޭގައި ރޯވި އަލިފާން ރަށުގެ ރައްޔިތުން ނިއްވާލައިފައިވާކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާކަމަށެވެ. ނަމަވެސް، ހަ ކޮޓަރި ހުރި އެގޭގެ ހަތަރު ކޮޓަރިއެއް، އެއްކޮށް އަނދާފައިވާއިރު، ބާކީ ހުރި ދެ ކޮޓަރިއަށް ވަނީ ދުމުގެ އަސަރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ