ގއ. ގެމަނަފުށީ ކުނިގޮނޑުގައި މިއަދު ބަޔަކު ރޯކޮށްލައިފިއެވެ.
ފުލުހުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު ހަވީރު ގާތްގަޑަކަށް 17:30 ހާއިރު ގެމަނަފުށީ ކުނިގޮނޑުގައި ބަޔަކު ރޯކޮށްލުމުގެ ސަބަބުން އަނދަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ ފުލުހުންނާއި އެރަށު ކައުންސިލާއި ގުޅިގެން އަލިފާންގަޑު ނިއްވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދޭތެރެދޭތެރެއިން އަތޮޅުތެރޭ ބައެއް ރައްތަކުގައި ހުންނަ ކުނިގޮނޑުތަކުގައި ރޯކޮށްލުމުގެ މިފަދަ ހާދިސާތައް ހިނގައެވެ.
								
											

