ގެމަނަފުށީ ކުނިގޮނޑުގައި ރޯކޮއްލި އަލިފާންގަނޑު ކޮންޓްރޯލް ނުވެ އަނދަނީ

ގއ. ގެމަނަފުށީ ކުނިގޮނޑުގައި ރޯކޮއްލި އަލިފާންގަނޑު ކޮންޓްރޯލް ނުވެ އަދިވެސް އަނދަމުންދާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ފުލުހުން ވިދާޅުވީ ގެމަނަފުށީ ކުނިގޮނޑުގައި ރޯކޮއްލި އަލިފާން ގަނޑު ކޮންޓްރޯލް ނުވުމުގެ ސަބަބުން ގއ. ވިލިނގިލިން ފުލުހުންގެ ޓީމެއް ގޮސް މިހާރު އަލިފާންގަނޑު ނިއްވުމުގައި ހަރަކާތްތެރިވަމުން ގެންދާ ކަމަށެވެ.

ފުލުހުން ވިދާޅުވީ ކުނިގޮނޑު ހުންނަނީ މީހުން ދިރިއުޅެ ސަރަޙައްދާއި ދުރުގައި ކަމުން އަލިފާނުގެ އަސަރު މީހުން ދިރިއުޅޭ ގޭގެއަށް ނުކުރާނެ ކަމަށެވެ. އެހެން ނަމަވެސް މީހުން ދިރިއުޅޭ ގޭގެޔަށް ދުމުގެ އަސަރު ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އަލިފާންގަނޑު ނިއްވުމުގައި އެމްއެންޑީއެފް ސަދާން އޭރިއާ ގދ. ތިނަދޫ ފަޔަރ ސްޓޭޝަންގެ އޮފިޝަލުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. މިކަމާއި ގުޅޭ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑު ރެސްކިއު ސާވިސް އަށް ލިބިފައިވަނީ މިރޭ 21:57 އެހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ހާމަކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ