ބިގްމޭން ބަދިގޭގައި ރޯވެ ބޮޑެތި ގެއްލުންތަކެއް، އެކަކު ފިހިފައި

ބިގްމޭން ބަދިގޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާ ބޮޑެތި ގެއްލުނަތަކެއް ލިބިއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ޗާންދަނީ މަގުގައި ހުންނަ ވެސްޓާން ޔޫނިއަން އިމާރާތުގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އަލިފާން ރޯވެފައިވަނީ "ބިގްމޭން ކެފޭ" ގެ ބަދިގޭގައި ކަމަށާއި، އެތަނުގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކޮށްފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އަލިފާން ރޯވެފައިވަނީ އޭސީ އައުޓްޑޯ ޔުނިޓެއް ގޮވައިގެން ކަމަށް އަޑު ފެތުރިފައިވާއިރު، އެމްއެންޑީއެފް އިން ޢާއްމުކުރި ވީޑީއޯއިން ފެންނަ ގޮތުގައި އޭސީ އައްޓްޑޯ ވަނީ މަގުމައްޗަށް ވެއްޓިފައެވެ. މިކަމާ ގުޅިގެން އެ ސަރވިސް އިން ވިދާޅުވީ އެކަން އިތުރަށް ބަލަމުންދާ ކަމަށެވެ.

މި ހާދިސާގައި އެކަކު ފިހިފައިވާއިރު، އެއީ ބިދޭސީއެއް ކަމަށާއި، އޭނާއަށް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގައި ބިގްމޭން ކެފޭއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ފިހުނު މީހާ ލައިގެން ހުރި ޓީޝާޓް - ފޮޓޯ: އެމްއެންޑީއެފް

"މި ހާދިސާގައި އެ ކެފޭގައި އަލިފާން ރޯވެފައިވަނީ ބަދިގެތެރެއަށް ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރުމުގެ ސަބަބުން ހިނގި ގޭސް އެކްސްޕްލޯޝަނެއްގައި. އަދި މި ހާދިސާ އެމްއެންޑީއެފް އެފްއާރުއެސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ދަނީ އިތުރަށް ތަހުޤީގު ކުރަމުން." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ