އެފްއޭ ކަޕް - ލިވަޕޫލް ކަޓުވާލައި ޗެލްސީ ކުއާޓާރއަށް

އެފްއޭ ކަޕް ފަސްވަނަ ބުރުގައި ރޭ ކުޅުނު މެޗުން މޮޅުވެ، ވަރުގަދަ ލިވަޕޫލް ކަޓުވާލުމަށްފަހު. ޗެލްސީ މުބާރާތުގެ ކުއާޓާރ ފައިނަލަށް ދަތުރުކޮށްފިއެވެ.

ސްޓެމްފޯޑު ބްރިޖުގައި ރޭ ކުޅެވުނު ފޯރިގަދަ މިމެޗު ޗެލްސީއިން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާ އަކުންނެވެ.

މިދިޔަ ހަފްތާ ބަންދުގައި ކުޅެވުނު ޕްރިމިއާ ލީގު މެޗުން ވެޓްފޯޑު އަތުން ލިވަޕޫލް ބަލިވެފައިވާއިރު، ރޭގެ މެޗަށް ލިވަޕޫލް ނުކުމެފައިވަނީ ހަތްބަދަލަކާއެކުގައެވެ. މެޗު ފެށުމާއެކު ލިވަޕޫލުން ފުލުފުލުގައި ޗެލްސީއަށް ނުރައްކާކުރަމުންދިޔައެވެ. އެގޮތުން އޭރިއާ ތެރޭ މާނޭ ފޮނުވާލު ނުރައްކާތެރި ހަމަލާއެއް ޗެލްސީގެ ކީޕަރުވަނީ ކެޕާވަނީ ދިފާޢުކޮށްފައެވެ.

އެއަށްފަހު ޗެލްސީގެ ނުރައްކާތެރި ކޯނަރެއް ފެނިގެން ގޮސްފައިވާއިރު، އަޒްޕްލިކުއެޓާ ބޮލުން ހުރަސްކުރި މިބޯޅަ ޗެލްސީގެ އެހެން ކުޅުންތެރިއަކަށްވަނީ ލިބޭގޮތްނުވެ، ގޯލްކުރިމަތިން ހުރަސްވެފައެވެ.

ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފެނިގެން ދިޔަ ޗެލްސީގެ ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނަޓްގައި ޖަހާފައިވާއިރު، މިލަނޑަކީ ލިވަޕޫލްގެ ކީޕަރު އެޑްރިއަން ދިން ހަދިޔާއެކެވެ. އޭރިއާ ބޭރުން ވިލިއަން ހޫނު ހަމަލާއެއްގައި ފޮނުވާލި ބޯޅަ ދިފާޢުކުރުމުގެ ބަދަލުގައި ކީޕަރު އެޑްރިއަން ހިފަން މަސައްކަތްކުރުމުން ބޯޅަ އަތުގައި ޖެހުމަށްފަހުވަނީ ގޯލްގެ ތެރެއަށެވެ.

ފަސް މިނަޓްފަހުން ލިވަޕޫލަށް ނަތީޖާ ހަމަހަމަކުރަން ރަނުގެ ފުރުޞަތެއް ލިބިގެންދިޔަނަމަވެސް، ގޯލް ކުރިމަތީ ހުރެ މާނޭ ފޮނުވާލި ހަމަލާ ޗެލްސީގެ ކީޕަރު ކެޕާވަނީ ދިފާޢުކޮށްފައެވެ.

ޗެލްސީގެ ދެވަނަ ލަނޑު 64 ވަނަ މިނަޓްގައި ރޮސް ބާކްލޭ ކާމިޔާބުކޮށްދިންއިރު، މިލަނޑަކީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ލަނޑެކެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ބާކްލޭ ބުނީ، ލިވަޕޫލްއާއި ދެކޮޅަށް ލަނޑެއް ޖެހުމަކީ ލިބުނު އުފަލެއްކަމަށެވެ. އެވަޓަންގެ ސަޕޯޓަރަކަށްވާއިރު ލިވަޕޫލްއާއި ދެކޮޅަށް ލަނޑު ޖެހުމަކީ އަބަދުވެސް ދެކެމުންއައި ހުވަފެނެއްކަމަށް ކުރިން އެވަޓަންއަށް ކުޅުނު ބާކްލޭ ބުންޏެވެ.

މީގެއިތުރުންވެސް ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ޗެލްސީއަށް ލިބިގެން ގޮސްފައިވާއިރު، ޒުވާން މައުންޓް ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ގޯލްގެ މަތީ ދަނޑިއާއެވެ. އެކަނިމާ އެކަނި ބޯޅައާއެކު ކުރިއަށް އަރައި ޕެޑްރޯ ފޮނުވާލި ހަމަލާ ލިވަޕޫލްގެ ކީޕަރުވަނީ ދިފާޢުކޮށްފައެވެ. އަދި އޭރިއާ ތެރެއިން ޖިރޫޑު ފޮނުވާލި ހަމަލާއެއްވެސް ގޯލްގެ މަތީ ދަނޑިއާއި އަމާޒުވެފައިވެއެވެ.

ޕްރިމިއާ ލީގުގައި ބަލިނުވެ 44 މެޗު ހަމަކޮށްފައިވާ ލިވަޕޫލް ހަދަމުން އައި ރެކޯޑަށް މިދިޔަ ހަފްތާ ބަންދުގައި ވެޓްފޮޑުން ނިމުން ގެނެސްފައިވާއިރު، ލިވަޕޫލް މިވަނީ އެންމެފަހުން ކުޅުނު ދެމެޗުންވެސް ބަލިވެފައެވެ.

އެންމެ ފަހުން ލިވަޕޫލް ކުޅުނު 5 އެފްއޭކަޕުގެ ތެރެއިން 3 އެފްއޭކަޕެއްގައި ލިވަޕޫލްވަނީ ފަސްވަނަ ބުރުން ކަޓާފައެވެ. ރޭގެ ބައްޔަކީ 2014 ނޮވެމްބަރުގެ ފަހުން އަވޭގައި ޖެހިޖެހިގެން ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.

ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯ އަތުން ލިވަޕޫލް ދަށްވެފައިވާއިރު، ޕްރިމިއާ ލީގުގައި ދަށްވީ ވެޓްފޯޑު އަތުންނެވެ. އަދި ރޭ ސްޓެމްފޯޑު ބްރިޖުގައި ޗެލްސީ އަތުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ