ތިލަފުށީ އެމްޓީސީސީ ސައިޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ތިލަފުށީގައި ހުންނަ އެމްޓީސީސީ ސައިޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އަލިފާން ރޯވެފައިވަނީ ތިލަފުށީ އެމްޓީސީސީ ސައިޓްގައި ހުރި ކުނިތަކެއްގައި ކަމަށެވެ.

ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ ފައިޓަރުން ކުރަމުންދާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

"މިއަދު ހެނދުނު 10:15 ހާއިރު އަލިފާންގަނޑު ވަނީ ނިއްވާލާފައި." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްޓީސީސީ ތިލަފުށީ ސައިޓްގައި އަލިފާނުގެ ހާދިސާއެއް ހިނގިއިރު، ލ.ގަން ތުނޑީ ބަނދަރުގައި އަޅާފައި އޮތް ޕޮލިސް ލޯންޗެއްގައި ރޭ ދަންވަރު ރޯކޮށްލައި ވަނީ އަންދާލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ