ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހިރުނދުމަގުގައި ހުރި ހުސްބިމުގައި ކަމަށެވެ.
"އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހިރުނދުމަގުގައި ހުރި ހުސްބިމެއްގައި ހުރި އެލްމީނިއަމް މެޓީރިއަލްތަކެއްގައި." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
Hulhumale' Gai Hingi Alifaanuge Haadhisaa (Video: Social media) pic.twitter.com/1z7T8Wp7Ew
— Ali Wisam (@wii_saam) March 22, 2020
މިތަނުގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް އިން ނިއްވާލާފައިވާ ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާކަމަށް އެމްއެެންޑީއެފް އިން ވިދާޅުވިއެވެ.
ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގިއިރު، ތިލަފުށީގައި ހުންނަ އެމްޓިސީސީ ސައިޓްގައި ހުރި ކުނިތަކެއްގައިވެސް މިއަދު ވަނީ އަލިފާން ރޯވެފައެވެ. މީގެ އިތުރުން ލ.ގަން ތުނޑީ ބަނދަރުގައި އަޅާފައި އޮތް ޕޮލިސް ލޯންޗެއް ވަނީ ރޭ މެންދަމު އަންދާލާފައެވެ.
								
											

