ފޭދޫ ގެޔެއްގައި ހުރި ލަކުޑި ތައްގަނޑު ތަކެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ ފޭދޫ ގެޔެއްގައިހުރި ލަކުޑި ތައްގަނޑު ތަކެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އައްޑޫ ސިޓީ ފޭދޫ ބިސްޓްރޯވިލާ ގޭގައި ހުރި ލަކުޑި ތައްގަނޑު ތަކެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ދެކުނު އޭރިއާ ހިތަދޫ ފަޔާ ސުޓޭޝަނުން ހަރަކާތްތެރިވެފައި ވާކަމަށެވެ.

"މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 17:34 ހާއިރު އަދި އަލިފާން ނިއްވާލައިފައިވަނީ 18:15 ހާއިރު" އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައިނުވާއިރު މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ