އަމިއްލަ ހަޔާތަށް ފިލްމެއް ހަދާނަމަ އައްޒަގެ ރޯލު ކުޅުވަން ބޭނުމީ "އާލިއާ ބަޓް" ލައްވާ- އައްޒަ

ދިވެހި ފިލްމީ އިންޑަސްޓްރީގައި މިވަގުތު ހުރި އެންމެ މަޝްހޫރު އަދި އެންމެ ޑިމާންޑްބޮޑު އެކްޓްރެސް އަކީ މަރިޔަމް އައްޒަ ކަމާއި މެދު އެއްވެސް މީހަކު ދެކޮޅެއް ނުވާނެއެވެ. އެގޮތުން އައްޒަގެ ވާހަކަތަކަކީ، މީހުން އަބަދުވެސް އަޑުއަހާލަން ބޭނުންވެފައި ހުންނަ ވާހަކަތަކެވެ. ހާއްސަކޮށް އައްޒަ ދެކެ އެންމެ ލޯބިވާ އޭނަގެ ފޭނުންނެވެ.

އެގޮތުން ލޮކްޑައުން ފެށުމާއެކު ބައިސްކޯފުން، ރާއްޖޭގެ މަޝްހޫރު ފަންނާނުންއާއެކު، ގެނެސްދެން ފެށި ޕްރޮގްރާމް "ލޮކްޑްއަޕް ވިތް" ގެ އައްޒަގެ އެޕިސޯޑުގައި ވާހަކަ ދައްކަމުން، އައްޒަ ހިއްސާކުރި ވާހަކައެއް ހިމަނާލާނަމައެވެ. އައްޒަ ބުނީ، އޭނަގެ ހަޔާތަށް ފިލްމެއް ކުޅޭނަމަ، ފިލްމްގައި ރޯލުތައް އަދާކުރަން އޭނަ ބޭނުންވާ ތަރިންތައް ބުނެދީފައެވެ.

އެގޮތުން އައްޒަ ބުނީ، ބޮލީވުޑްގެ ތަރިން ނަގާނަމަ، އައްޒަގެ ރޯލު ކުޅެން ބޭނުންވަނީ، ބޮލީވުޑްގެ މަޝްހޫރު ޒުވާން ބަތަލާ އާލިޔާ ބަޓް ލައްވާ ކަމަށެވެ. އަދި އައްޒަގެ ކުރީގެ ފިރިމީހާ ޖުމައިހް ގެ ރޯލު ކުޅެން ބޭނުންވަނީ، ރަންވީރު ސިންހް އެވެ. އަދި ފިރިމީހާ މުއާ ގެ ރޯލު ކުޅޭނީ ރަންބީރު ލައްވާ ކަމަށް އައްޒަ ބުންޏެވެ. އަދި މި ފިލްމަށް ދޭނެ ނަމަކީ، "އިޒްނާ" ކަމުގައި އައްޒަ ބުންޏެވެ. އިޒްނާ އަކީ، މުއާ އައްޒަ އަށް ލޯބިން ކިޔާ ނަމެކެވެ.

އައްޒަ މި ވާހަކަ ބެލުންތެރިންނާއި ހިއްސާކޮށްފައިވާއިރު، އައްޒަ ވަނީ، މި އިންޓަވިއުގައި މީގެ ކުރިން އައްޒައާއި ބެހޭގޮތުން ނޭނގޭ އެތައް ވާހަކަތަކެއް ހިއްސާކޮށްފައެވެ.

އެގޮތުން މުހިއްމު ވާހަކައަކަށް ބަލާއިރު، އައްޒަ އަކީ ހަޔާތުގައި ކާމިޔާބު މީހެއްކަމަށް ނުވަތަ ކާމިޔާބު ވެއްޖެކަމަށް ދެކޭނީ، އެއްވެސް މީހަކަށް ބާރޯސާ ނުވެ ދިރިއުޅެވޭނެ ދުވަހަކުން ކަމަށް އައްޒަ ވަނީ ބުނެފައެވެ. އެގޮތުން އަމިއްލަ ދަރިފުޅާއި އަދި މައިބަފައިން އައްޒަގެ އަމިއްލަ މަސައްކަތުން ބެލޭނެ ދުވަހެއް އައުމަކީ، އޭނަ ހަޔާތުގައި ކާމިޔާބު މީހަކަށް ވެއްޖެކަން ޤަބޫލުކުރާނެ ދުވަސްކަމަށް އައްޒަ ބުންޏެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެންމެންވެސް ވަރަށް ބޮޑަށް ސާފުތާހިރުވުމަށް އައްޒަ ވަނީ އެދިފައެވެ. އަދި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ އެންމެންގެ މަސައްކަތައް އައްޒަ ޝުކުރު ވަނީ ޝުކުރުވެސް އަދާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
3512
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މީހެއް

    I love axza and am big fan of her?
    U r the best MaShaAllah ❤️
    Shäkko

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ