މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެންއެންޑިއެން ވިދާޅުވި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އޮލިމްޕަސް ކުރިމަތީ ހުރި ފިހާރައެއްގައެވެ. އެ ފިހާރައިން ދަނީ ވަރަށް ބޮޑަށް ދުން އަރަމުންނެވެ. މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު މެންދުރު 13:00 ހާއިރުއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ރޯވެފައި ވަނީ އެކްސީޑް ފިހާރައިގެ 2 ވަނަ ފަންގި ފިލާގައިކަމަށާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓީމުން 13:20 ގައި އަލިފާން ގަނޑު ނިއްވާލައިފައިވާ ކަމަށެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ސަބަބެއް އަދި ސާފެއް ނުވެއެވެ.
ފާއިތުވި އަހަރުވެސް މާލޭގައި ވަނީ އަލިފާނުގެ ނުރައްކާތެރި އެތައް ހާދިސާއެއް ހިނގާފައެވެ. އެގޮތުން މާލޭގެ ކެމިކަލް ގުދަނުގައި ހިނގި ނުރައްކާތެރި ބޮޑު އަލިފާނުގެ ހާދިސާގައި މީހަކު ނިޔާވެފައިވާއިރު އެތައް އިމާރާތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
								
											

