ފޮޓޯ: އަލީ ވިސާމް

އަލިފާނުގެ ހާދިސާ ހިނގަމުންދާ ސަރަހައްދަށް ނުދިޔުމަށް އިލްތިމާސްކޮށްފި

މިވަގުތު ބޮޑުތަކުރުފާނު މަގު އެސް ބީ އައި ސަރަހައްދުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގައި، ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރު ކުރާ ހިސާބަށް އާއްމު ފަރާތްތަކުން ނުދިޔުމަށް އެޗްޕީއޭ އިން އިލްތިމާސްކުރައްވައިފިއެވެ.

އަލިފާން ރޯވެފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި ޖެހިގެން ހުރި އިމާރާތުގައެވެ. ފުރަތަމަ އަލިފާން ރޯވެފައި ވަނީ އެ އިމާރާތާއި އާއި ޖެހިގެން ހުރި “ކެފޭ ޓިއޯލޯ” ގައެވެ.

ދުމުގެ އަސަރު ކުރާ ހިސާބުތަކުގައި ގޭގެތެރެއަށް ދުން ނުވަންނަހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުން މުހިއްމު ކަމަށާއި ހާއްސަކޮށް އުމުރުން ދުވަސްވީ ފަރާތްތަކާއި ކުޑަކުދިންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުމުގެ އަސަރު ކުރުމުން ނުރައްކާވެދާނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ފުރަތަމަ އަލިފާން ރޯވި ކެފޭގެ އަލިފާންގަނޑު މިހާރު ވަނީ ނިއްވާލައިފައިއެވެ. ނަމަވެސް، އަލިފާންގަނޑު ނިއްވާލިއިރު، ކެފޭގެ މަތީ ފްލޯ އާއި ތިރީ ފްލޯ އެއްކޮށްވަނި އަނދާ ހުލިވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ