ބީއެމްއެލް އިން 1400 ބިއްލޫރި ފުޅި ހޯދަނީ!

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 1،400 ބިއްލޫރި ފުޅި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.

އެ އިއުލާނުގައިވާ ގޮތުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ ކުރިން މައުލޫމާތު ސާފު ކުރުމަށް ފަހު އީމެއިލް މެދުވެރިކޮށް ނުވަތަ ބެންކަށް ގޮސް އަންދާސީ ހިސާބު ހުށަހަޅަން ޖެހެއެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު 4 ވަނަ ދުވަސް ކަމަށްވެސް ބުނެފައިވެއެވެ.

ބީއެމްއެލް އިން ބިއްލޫރި ފުޅި ހޯދަން އިއުލާނު ކުރިއިރު، މިހާރު ވެސް އެ ބޭންކުން ބޭނުން ކުރަނީ ތިމާވެއްޓާ ރައްޓެހި ބިއްލޫރި ފުޅިއެވެ. އަދި އެ ބޭންކުން ދަނީ އިޖުތިމާއި ޒިންމާގެ ދަށުން ބިއްލޫރި ފުޅި އެކި ރަށްރަށަށް ހަދިޔާ ވެސް ކުރަމުންނެވެ. "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ ދެވަނަ ކުއާޓަރުގައި އިފްތިތާހު ކުރި ފުރަތަމަ ޕްރޮޖެކްޓްގެ ދަށުން ށ. ފޭދޫގައި 1000 ބިއްލޫރި ފުޅި ބަހާފައިވެއެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ