ކޭވައިއެސް ވިމެންސް ފުޓްސަލް ލީގް 2020

ކޭ.ވައި.އެސް ވިމެންސް ފުޓްސަލް ލީގް - ފުރަތަމަ މެޗުން ޓާފް ކުއީން އަށް މޮޅެއް

ކުމުންދޫ ޔޫތް ސްޕޯޓްސް (ކޭ.ވައި.އެސް)ގެ ފަރާތުން ނަސްރުގެ ދުވަހުގެ މުނާސަބަތުގައި "ކޭވައިއެސް ވިމެންސް ފުޓްސަލް ލީގް 2020" ގެ ނަމުގައި މިއަދު ފެށި މި މުބާރާތުގެ ފުރަތަމަ މެޗު ޓާފް ކްއީން ކާމިޔާބު ކޮށްފިއެވެ.

މިއަދު ހަވީރު ކުޅުނު މި މުބާރާތުގެ ފުރަތަމަ މެޗުގައި ޓާފް ކްއީން އާއި ޒީރު ސްޓާސް ބައްދަލުކުރި މި މެޗު ޓާފް ކްއީން އިން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާ އަކުންނެވެ.

ދެޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ޖަހައިދިނީ ޓާފް ކްއީންގެ ޖާޒީ ނަމްބަރު 5، ޝަހީމާ ހަސަނެވެ. އަދި މެޗްގެ ކްއީން އޮފް ދަ މެޗް ވެސް ލިބިގެން ގޮސްފައިވަނީ ސަހީމާ ހަސަނަށެވެ.

ކްއީން އޮފް ދަ މެޗް - ސަހީމާ ހަސަން

ކުމުންދޫގެ ކުޅިވަރު ތާރީހުގައި ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗް ޝަރަފްވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވާމެންޓްގެ ޔޫތް އެގްޒެކިއުޓިވް ޝައުފާ އިބްރާހިމް ހިލްމީއެވެ.

މި މުބާރާތުގެ ދެވަނަ މެޗު މިރޭ 08:30 ގައި ކުމުންދޫ ފުޓްސަލް އެރީނާގައި އޮންނަ އިރު މި މެޗްގައި ބައްދަލު ކުރާނީ އެފްސީ ރެހެންދި އަދި ސީއެސް ވިމެންސް އެވެ.

ނޮވެމްބަރު ތިނަކުން 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ބައިވެރިވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ